ޢުމްރާގެ އަޅުކަމަށް ރާއްޖެއިން ގޮސްހުރި ދިވެއްސަކު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ ހދ. ވައިކަރަދޫ މުޙައްމަދު ޙަސަނރވެ. އޭނާގެ އުމުރަކީ 86 އަހަރެވެ.

އޭނާ ނިޔާވެފައިވަނީ، މައްކާގެ އަލް ނޫރު ސްޕެޝަލިސްޓް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. ބަލި ހާލަތު ހުރިގޮތުން އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ފެށީ، މިމަހުގެ 17 ވަނަ ދުވަހުއެވެ.

މުޙައްމަދު ޙަސަން ޢުމްރާގެ އަޅުކަމަށް ރާއްޖެއިން ފުރީ، މިމަހުގެ 9ވަނަ ދުވަހުއެވެ. އޭނާ ޢުމްރާގެ އަޅުކަން އަދާކުރަން ދިޔައީ، ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގްރޫޕުންނެވެ.