ފާނަ އާލާ ކުރުމުގެ މަސައްކަތަށް މީހުން ތަމްރީނުކުރުމަށް ކުރިއަށްގެންދާ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ މިއަހަރުގެ ފުރަތަމަބުރުގެ ބައިވެރިންގެ ތަމްރީނުތައް ފަށައިފިއެވެ.
މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ މަސްވެރިކަމާބެހޭ ވުޒާރާއާއި މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް ގުޅިގެން ވޯލްޑް ބޭންކުގެ އެހީގައި ހިންގާ ޓްރާންސްފޯމިން ފިޝަރީޒް ސެކްޓަރ މެނޭޖްމަންޓް އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ އެހީތެރިކަމާއެކު، ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވިދާޅުވީ، ފާނަ އާލާކުރުމުގެ މަސައްކަތަށް މީހުން ތަމްރީނުކުރުމަށް އެ ވުޒާރާއިން ކުރިއަށްގެންދާ "މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް"ގެ މިއަހަރުގެ ފުރަތަމަ ބެޗުގެ ބައިވެރިންގެ ތަމްރީނުތައް މިހާރު ފަށާފައިވާކަމަށެވެ. މި ތަމްރީނުތައް ކުރިއަށްދަނީ މަނިޔަފުށީގައެވެ.
މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ވޭތުވެދިޔަ 2 އަހަރު ބޭސިކް މެރިކަލްޗަރ ޓްރެއިނިން ޕްރޮގްރާމްގެ 4 ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވާ ކަމަށެވެ. މިޕްރޮގްރާމްތަކުން މިހާތަނަށް 53 މީހުން ތަމްރީންވެފައިވާ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
The Marine Hatchery Skills Development Program, 1st Batch 2026, officially began yesterday at Maniyafushi, welcoming participants eager to build practical skills in aquaculture.
Led by the Maldives Marine Research Institute (MMRI), with support from the Ministry of Fisheries and…pic.twitter.com/eBz24dkc9F— Ministry of Fisheries and Ocean Resources (@MFORmv)January 25, 2026
މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ، މެރިކަލްޗަރގެ ދާއިރާގެ ތަފާތު ބައިތައް ހިމަނައިގެން ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މީގެތެރޭގައި، އެކުއަކަލްޗަރގެ ނިޒާމުތަކުގެ އިތުރުން މައިގަނޑު 4 ބާވަތެއްގެ މަހާއި ދިރުންތައް އާލާކުރުމުގެ ފިލާވަޅުތައް ވަނީ ހިމަނާފައެވެ. އެއީ ފާނަ، ހުއިފިލަނޑާ، ދިވެހި މާގަނޑުމަހުގެ އިތުރުން އިތާމުތް އާލާކުރުމެވެ.
މި ޕްރޮގްރާމްތަކަކީ ސަރުކާރުން މަސްވެރިކަމުގެ ދާއިރާ ތަރައްޤީކޮށް، އިޤްތިޞާދީ ގޮތުން ސިންދަފާތުކުރުމަށާއި، މި ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ އިސްތިރާޖީ މަސައްކަތްތަކުގެ މުހިންމު ބައެކެވެ. އަދި މިއީ ޤައުމުގެ އިޤްތިޞާދީ ދުވެލި އަވަސްކުރުމާއެކު، މަސްވެރިކަމުގެ ދާއިރާގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުން ހޯދުމުގެ ބޭނުމުގައި ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.