ދިވެހި ފިލްމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ މުޙައްމަދު ނައީމް، ނައިމްބެ ނިޔާވެއްޖެއެވެ.

ނައީމަކީ އެޓޯލްސް މިނިސްޓްރީން އުފެއްދި މަޝްހޫރު ޑްރާމާތަކުން ފެށިގެން، ޓީވީއެމްގެ އުފެއްދުންތަކާއި ފިލްމުތަކުގައި ތަފާތު އެކި ކެރެކްޓާތައް ކުޅެފައިވާ ފަންނާނެކެވެ.

ނައިމްބެ ފާހަގަކޮށްލެވެނީ ރާއްޖޭގެ މަޝްހޫރު ފިލްމުތަކާއި ޑްރާމާތަކުންވެސް ފެނިފައިވާ ތަރިއެއްގެ ގޮތުގައި. އޭގެ ތެރޭގައި "ދިރިއުޅުމަކީ މިއީބާ" ދިވެހި ފިލްމު ޒުލޭޚާ ހިމެނެއެވެ.

މ. މެދުމާ ޕެލަސް، މުޙައްމަދު ނައީމް ނިޔާވީ ރޭގެ ވަގުތެއްގައެވެ. ނިޔާވިއިރު އޭނާގެ އުމުރަކީ 71 އަހަރެވެ.

ނައީމްބެގެ ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ. އޭނާ ވަނީ ފިލްމީ ދާއިރާގެ އިތުރުން އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ.