އޮސްޓްރޭލިޔާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައިސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އޮސްޓްރޭލިޔާ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ރ. މުހައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖުގައި ވަނީ އޮސްޓްރޭލިޔާ ދުވަހުގެ މުނާސަބަތުގައި، އޮސްޓްރޭލިއާގެ ބޮޑުވަޒީރަށާއި ގަވަރުނަރ ޖެނެރަލަށާއި އެންމެހާ ރައްޔިތުންނަށް ދިވެހި ސަރުކާރުގެ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮ އެދުންތައް ފޮނުއްވާފައިވެއެވެ. އަދި އޮސްޓްރޭލިއާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އޮސްޓްރޭލިޔާގެ ރައްޔިތުންނަށް ކާމިޔާބީއާއި ކުރިއެރުން ލިބުމަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ.
On Australia Day, I wish to extend heartfelt felicitations to Governor-General HE the Hon Sam Mostyn AC, Prime Minister the Hon Anthony Albanese MP@AlboMP, the Government and the friendly people of Australia.
The Maldives deeply values Australia as a close partner in…pic.twitter.com/AOD2PscdVO— Dr Mohamed Muizzu (@MMuizzu)January 26, 2026
އޮސްޓްރޭލިއާ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖެނުއަރީ 26 ވަނަ ދުވަހުއެވެ. ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރެވުނީ 1974 ވަނަ އަހަރުގެ ޖެނުއަރީ 25 ވަނަ ދުވަހުއެވެ.