މުހިންމު މިޑްފީލްޑަރުންތަކެއް ނެތި ކުޅެން ޖެހުނަސް ޑެންމާކުގެ ކޯބެން ބަލިކޮށް ބާސެލޯނާ އަށް ޗެމްޕިއަންސް ލީގުގެ ގަދަ އަށް ޓީމުގެ ތެރެއަށް ވަދެވިދާނެ ކަމަށް އެ ޓީމުން ބުނެފި އެވެ.
މި މެޗަށް ނުކުންނައިރު ބާސެލޯނާގެ އެންމެ މުހިންމު ދެ މިޑްފީލްޑަރުންނަށް ނުކުޅެވޭނެ އެވެ. އެއީ ފްރޭންކީ ޑިޔޮންގާއި ފެޑްރީ އެވެ. މީގެ ތެރެއިން ޕެޑްރީ އަށް ވަނީ އަނިޔާވެފަ އެވެ.
ކޯޗު ހަންސީ ފްލިކް މެޗުގެ ކުރިން ވާހަކަ ދައްކަމުން ބުނީ މިޑްފީލްޑަރުން ނެތުމުން އެތަން ފޫބެއްދުމަކީ ބާސެލޯނާގެ ދެން ތިބި ކުޅުންތެރިންގެ ޒިންމާއެއް ކަމަށެވެ.
"އަހަރުމެންގެ ސްކޮޑް ކުޑައެއްނޫން. އަހަރުމެންގެ ސްކޮޑްގައި ކުޅުންތެރިން އެބަތިބި. ދެން މުހިންމު ދެ ކުޅުންތެރިއަކު ނެތުމުން ޖެހޭނީ އެކަމާ ކުރިމަތިލާން. އަހަރުމެން ޖެހޭނީ މިކަން އަމިއްލަ އަށް ހައްލު ކުރަން،" ފްލިކް ބުންޏެވެ.
ޖަރުމަނުގެ ބަޔާން މިއުނިކާއި އެ ގައުމުގެ ގައުމީ ޓީމުގެ ކުރީގެ ކޯޗު ބުނީ އޭނާގެ ކޯޗިން ފިލޯސަފީ އަކީ ކޮންމެ މެޗެއްގައި ވެސް އެންމެ މަތީ ފެންވަރުގައި ކުޅެ މޮޅުވުން ކަމަށެވެ. މިހެންވެ މި މެޗަށް ނެރޭނީ ވެސް ނެގެން އޮތް އެންމެ ވަރުގަދަ 11 ކަމަށެވެ.
މި މެޗަށް ނުކުންނައިރު ބާސެލޯނާ މިވަގުތު އޮތީ ހަތް މެޗުން 13 ޕޮއިންޓާއެކު ޓޭބަލުގެ ނުވަ ވަނާގަ އެވެ. ގަދަ އަށަކަށް ވަނުމަށް މި މެޗުން މޮޅުވާން ޖެހޭއިރު ކޯބެން އަށް ވެސް މިއީ މުހިންމު މެޗެކެވެ. މުބާރާތުގެ ޕްލޭއޯފް ބުރުން ޖާގަ ހޯދޭނީ ބާސެލޯނާ ބަލިކޮށްގެންނެވެ. މި މެޗު ކުޅޭނީ ބާސެލޯނާގެ ކޭމްޕް ނޯގަ އެވެ.
މުހިންމު މިޑްފީލްޑަރުން ނެތަސް މޮޅުވެވިދާނެ: ފްލިކް
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed