އަލިފާނުން ރައްކާތެރިވުމުގެ ހަފްތާ ފާހަގަކުރުމަށް މުޅިރާއްޖެއަށް ހުޅުވާލައިގެން ޚާއްޞަ ހަރަކާތްތަކެއް ހިންގުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްއިން ތައްޔާރުވެއްޖެއެވެ.

މިކަމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ކެޕްޓަން އިސްމާޢީލް އަޙްމަދު ވިދާޅުވީ، މިހަރަކާތް ކުރިޔަށް ދާނީ މިއަދުން ފެށިގެން ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އަތޮޅުތެރެއަށް ބަހާލައިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިހަރަކާތުގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް މުހިންމު ތިޔަރީ ސެޝަންތަކާއި، ކެއްކުމަށް ބޭނުންކުރާ ގޭހުގެ ސަބަބުން ހިނގާ އަލިފާނުގެ ހާދިސާތަކާއި، ފަޔަރ ބްލޭންކެޓް ބޭނުންކުރާނެ ގޮތާއި، ކިޗަން ސިމިއުލޭޓަރ ބޭނުން ކުރާނެ ގޮތް އާންމުނަށް ކިޔައިދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ.

މިހަރަރަކާތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު އެމްއެންޑީއެފުން އަމީނިއްޔާ ސްކޫލުގައި ބާއްވާ ޚާއްސަ ޙަފްލާގައެވެ.

އެމްއެންޑީއެފްއިން ކުރިޔަށް ގެންދަން ނިންމާފައިވާ މި ބޮޑު ހަރަކާތަށް އާންމުންގެ ފަރާތުން ބޮޑުން ތަރުޙީބެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.