އައްޑޫ ސިޓީގައި ސަރުކާރުން ޤާއިމްކުރާ ސެންޓްރަލް ޕަވަރ ސްޓޭޝަނާއެކު އެ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވަނީ މި މަޝްރޫޢުގެ މަސައްކަތްތައް އަންނަ އަހަރުގެ ޖުލައިމަހަށް އެއްކޮށް ނިމިގެންދާނެކަން ހާމަކުރައްވާފައެވެ.
ޕީއެންސީގެ "ދަ ގްރޭޓަރ އައްޑޫ އިވެންޓް" ގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އައްޑޫސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މަައްސަލަކީ މިއަދު ދިމާވެފައިވާ މައްސަލައެއް ނޫންކަމަށާއި އެތައް ދައުރެއް ނިމިގެންދިޔައިރުވެސް ކަރަންޓުގެ މައްސަލައަށް ހައްލެއް ގެނެސްފައިނުވާކަމަށެވެ. ނަމަވެސް މި ސަރުކާރުން މަސައްކަތް ކުރަނީ ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކުރުމަށް މަސައްކަތް ކުރުމުގެ އިތުރުން ތަރައްޤީގެ އެކި މަސައްކަތްތައް ކުރިއަށް ގެންދިޔުމަށްކަމަށެވެ. އެގޮތުން އައްޑޫސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ބޮޑު މަޝްރޫޢުއް ކުރިއަށްގެންދަން ނިންމާފައިވާކަމަށެވެ.
ރައީސް ވިދާޅުވީ އައްޑޫ ސިޓީގައި ސަރުކާރުން ޤާއިމްކުރާ ސެންޓްރަލް ޕަވަރ ސްޓޭޝަނާއެކު އެ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެކަމަށެވެ. އަދި އަންނަ އަހަރުގެ ޖުލައި މަހަށްވާންވާއިރަށް މުޅި މަޝްރޫޢު ނިންމާ އެ ސިޓީގައި 20 އަހަރު ދުވަހަށް ކަރަންޓުގެ މައްސަލައަށް ހައްލު ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ އިތުރުން އައްޑޫގައި އެތައް މަޝްރޫޢެއް ކުރިއަށް ގެންދާކަން ރައީސް ފާހަގަކުރެއްވިިއެވެ.
"48 މަޝްރޫޢު، ކުރިއަށް އެބަގެންދަން. ބައެއް މަޝްރޫޢުތައް އަމަލީ ގޮތުން ފެށި، އަނެއްބައި މަޝްރޫޢުތައް އިދާރީ މަސައްކަތް ދަނީ ކުރަމުން. މިއަހަރުގެ ބަޖެޓުގައިވެސް 18 މަޝްރޫޢެއް އެބައޮތް." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކަރަންޓުގެ މައްސަލަ ފަދައިން މަގުތައް ހެދުމުގެ މަސައްކަތަށްވެސް އިސްކަންދޭކަމަށެވެ. އެގޮތުން އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްކުގެ ދަށުން އެކަމަށް ބޭނުންވާނެ ސާމާނާއި މީހުން ހޯދުމުގެ މަސައްކަތް އާރްޑީސީން ކުރައްވަމުންގެންދަވާކަމަށެވެ. ރައީސް ވަނީ އައްޑޫ ސިޓީގެ ސިއްޙީ ދާއިރާ ކުރިއެރުވުމަށްވެސް މުހިއްމު މަސައްކަތްތަކެއް ކުރައްވަމުންދާކަންވެސް ފާހަގަކުރައްވާފައެވެ.
"ސެންޓްރަލް ޕަވަރ ސްޓޭޝަނާއެކު އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލު ލިބޭނެ"
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed