މާލޭ އޯކިޑް މަގުގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މ. މައިމަގުމަތީގޭގައި ހުސްކޮށް ހުރި ބިމެއްގައި ހުރި ކުނިތަކެއްގައިކަމަށް މައުލޫމާތުލިބެއެވެ.

އަލިފާނުގެ ހާދިސާ ހިނގުމާއި ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓީމުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެ، އަލިފާން ވަނީ ކޮންޓްރޯލްކޮށްފައެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައިނުވެއެވެ.