ޗައިނާގެ ސަންޔާގައި ކުރިޔަށްދާ 6 ވަނަ އޭޝިއަން ބީޗް ގޭމްސްގެ، ބީޗް ހޭންޑް ބޯޅަ އިވެންޓުން ރާއްޖެ ކުޅުނު ދެވަނަ މެޗުން ބަލިވެއްޖެއެވެ.

މި މެޗުގައި ރާއްޖެއިން ނިކުތީ ޖޯޑަންއާއި ދެކޮޅަށެވެ. ޖޯޑަންއިން މެޗު ކާމިޔާބު ކުރީ 2-0 ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓު ޖޯޑަންއިން ގެންދިޔައީ 14-06 ގެ ބޮޑު ފަރަގަކުންނެވެ.

ރާއްޖޭގެ ހޭންޑްބޯޅަ ޓީމު އަތުން ޖޯޑަންއަށް މޮޅެއް
ރާއްޖޭގެ ހޭންޑްބޯޅަ ޓީމު އަތުން ޖޯޑަންއަށް މޮޅެއް

އެހެންނަމަވެސް ރާއްޖޭގެ ޓީމުން ވަނީ ދެވަނަ ސެޓުގައި ކުޅުން ރަނގަޅުކޮށް ޕޮއިންޓުގެ ފަރަގު ކުޑަކޮށްފައެވެ. އެ ސެޓު ޖޯޑަންއިން ގެންދިޔައީ 16-13 ންނެވެ.

މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ނިކުތީ ބަންގްލަދޭޝްއާއި ދެކޮޅަށެވެ. އެ މެޗު 2-1 ސެޓުން ކާމިޔާބުކުރީ ރާއްޖެއިންނެެވެ. ޖޯޑަންއިން ފުރަތަމަ ނިކުތީ ތައިލޭންޑާއި ދެކޮޅަށެވެ. އެ މެޗު ތައިލޭންޑުން ގެންދިޔައީ 2-0 ސެޓުންނެވެ.

ރާއްޖޭގެ ހޭންޑްބޯޅަ ޓީމު އަތުން ޖޯޑަންއަށް މޮޅެއް
ރާއްޖޭގެ ހޭންޑްބޯޅަ ޓީމު އަތުން ޖޯޑަންއަށް މޮޅެއް

މި މުބާރާތުގައި ރާއްޖެއިން ދެން އެންމެ އަވަހަށް ނިކުންނާނީ މޮންގޯލިއާއާއި ދެކޮޅަށެވެ. އެ މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހެވެ. ޖޯޑަން ދެން ނިކުންނާނީ ޕާކިސްތާނާއި ދެކޮޅަށެވެ. އެ މެޗުވެސް އޮންނާނީ ބުރާސްފަތި ދުވަހެވެ.

މި މުބާރާތުގައި ރާއްޖެ ހިމެނެނީ ގުރޫޕް ބީގައެވެ. މި ގުރޫޕްގައި ދެން ހިމެނެނީ އޮމާން، ޕާކިސްތާން، ބަންގްލަދޭޝް، ތައިލޭންޑް، ޤަތަރު އަދި މޮންގޯލިއާއެވެ. ގުރޫޕް އޭގައި ހިމެނެނީ ހޯސްޓު ޗައިނާ، އިރާން، އިންޑިއާ، ބަހްރެއިން، ހޮންގްކޮންގ، ވިއެޓްނާމް އަދި ފިލިޕީންސްއެވެ.