ލ. ހިތަދުއިން މަސް ހިފަން ފޭބި ޒުވާނަކު ގެނބިގެން ނިޔާވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ލ. ހިތަދޫގައި މަސްހިފަން މޫދަށް އެރި އުޅުނު މީހަކު ގެނބިގެން އުޅޭކަމުގެ މައުލޫމާތު މިއަދު 15:42 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ. އަދި ފުލުހުން އެ ސަރަހައްދަށް ގޮސް، އެ މީހާ އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާކަމަށާއި، ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދީފަވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ނިޔާވެފައިވަނީ، އަމާން، ލ.ހިތަދޫ، އަޙްމަދު ހަމްޒާން (21އ) އެވެ.
މަޢުލޫމާތު ލިބޭގޮތުގައި މަސްހިފަން މޫދަށް ފޭބީ 21 އަހަރުގެ ޒުވާނާކާއި، 18 އަހަރު ނުފުރޭ ކުޑަކުއްޖެކެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ލ. ހިތަދުއިން މަސް ހިފަން ފޭބި ޒުވާނަކު ނިޔާވެއްޖެ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed