ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުޙައްމަދު ޝަމްއާން ވަޙީދު ރައީސުލްޖުމްހޫރިއްޔާއަށް ގުޅުވައި މީސްމީޑިއާގައި ދައްކާފައިވާ ވާހަކަ ސަރުކާރުން ދޮގުކުރައްވައިފިއެވެ.
އިމިގްރޭޝަން ކޮންޓްރޯލަރގެ މަޤާމުގައި ހުރި ޝަމްއާން ވަނީ މިއަދު މީޑީއާގައި ވާހަކަ ދައްކަމުން، ދާޚީލީ ވަޒީރު ޢަލީ އިޙްސާންގެ މައްޗަށް ކޯޓާތަކުން ފައިސާ ނަގާ ކަމަށްބުނެ ތުހުމަތުތަކެއް ކޮށްފައެވެ. އަދި މިކަން ރައީސުލްޖުމްހޫރިއްޔާއާއި މިދިޔަ އަހަރު ޖަނަވަރީ މަހު ހިއްސާ ކުރެއްވި ކަމަށް ބުންޏެވެ. ނަމަވެސް އެސްޓޯނިޔާގައި ހުންނަވާ އެމަނިކުފާނު ދެއްވި ޖަވާބުގައި ވަޒީރާއި ދެކޮޅަށް ޝަމްއާން މަސައްކަތް ކުރާކަމަށް ރައީސް ތުހުމަތު ކުރެއްވި ކަމަށް ބުނެފައިވެއެވެ.
މިކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ޙުސެއިން ޝަރީފް ވިދާޅުވީ، ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް މިއަދު މީޑިޔާގައި ދައްކާފައިވަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.
ޝަމްޢާން މީޑިއާގައި ވާހަކަ ދައްކާފައިވާއިރު ދައުލަތުން އޭނާގެ މައްޗަށް، އުފުލާފައިވާ ތިން ދައުވާ ވެސް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު މިވަނީ ޙުކުމްކޮށްފައެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއާއި، މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާއެވެ.
ކޮންޓްރޯލަރ ޖެނެރަލްގެ މަޤާމުން ވަކިކޮށް ޝަމްޢާން އޭރު ހައްޔަރުކޮށްފައިވަނީ، މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެންނެވެ.
"ރައީސަށް ނިސްބަތްކޮށް ޝަމްއާން ދެއްކީ ދޮގުވާހަކަތެއް"
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed