ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު ރާއްޖެ އަންނަ ޙައްޖާޖީންގެ ފަހު ފްލައިޓު ފުރައިފިއެވެ.

ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފުލައިޓެއްގައި ޙައްޖާޖީން ރާއްޖެ އަންނައިރު މި ފްލައިޓު ސައުދި އަރަބިއްޔާގެ މަދީނާއިން ފުރާފައިވަނީ، ސައުދީ ގަޑިން 03:23 ގައެވެ. މި ފުލައިޓު ރާއްޖެއަށް ޖެއްސުމަށް ތާވަލުކޮށްފައިވަނީ، މިރޭ ދަންވަރު 12:00 އެހާކަށްހާއިރުއެވެ. މި ފުލައިޓުގައި 262 ޙައްޖާޖީން ރާއްޖެ އައުމަށް ފުރާފައިވެއެވެ.

މިއީ، ޤައުމީ އެއަރލައިންގެ ފްލައިޓެއްގައި މިއަހަރު ދިވެހި ހައްޖާޖިން އަންނަ ދެވަނަ ފުލައިޓެވެ. އަދި މިއީ ޙައްޖާޖިން ރާއްޖެ އަންނަ 4 ވަނަ އަދި ފަހު ފްލައިޓުވެސް މެއެވެ.

ޙައްޖުވެރިންގެ ފަހު ގްރޫޕް ރާއްޖެ އަންނަން ފުރައިފި
ޙައްޖުވެރިންގެ ފަހު ގްރޫޕް ރާއްޖެ އަންނަން ފުރައިފި

މި ފުލައިޓުން ފުރި ޙައްޖާޖީންނަށް ރާއްޖެ އާދެވުމާއެކު، ޙައްޖު ކޯޕަރޭޝަންގެ އެހީގައި ރާއްޖެއިން ޙައްޖަށް ދިޔަ ދިވެހި ހުރިހާ ހާޖީންނަށް ރާއްޖެއަށް އާދެވޭނެއެވެ.

ޙާޖީންގެ ކޮންމެ ގްރޫޕެއް ސައުދީގައި 3 ހަފުތާ ހޭދަކޮށްފައިވެއެވެ. މައްކާގައި ޙައްޖުގެ މަނާސިކުތަކުގެ އިތުރުން ޙާޖީން މަދީނާގައި ދެ ދުވަސް މަޑުކުރިއެވެ.

ޙައްޖުވެރިންގެ ފަހު ގްރޫޕް ރާއްޖެ އަންނަން ފުރައިފި
ޙައްޖުވެރިންގެ ފަހު ގްރޫޕް ރާއްޖެ އަންނަން ފުރައިފި