ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު ދިވެހި ޙައްޖާޖީންގެ ފަހު ގްރޫޕް މިރޭ މާލެ އައިސްފިއެވެ.

މިއާއެކު 1447ވަނަ ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިޔަ ހުރިހާ ޙާޖީން މިވަނީ އަމިއްލަ ޤައުމަށް އައިސް ނިމިފައެވެ. ދިވެހި ޙައްޖުވެރިން ގެ ފަހު ގްރޫޕް ޤައުމަށް އައިސްފައި މިވަނީ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.

މަދީނަތުލް މުނައްވަރާގެ އަމީރު މުޙައްމަދު ބިން އަބްދުލްޢަޒީޒް އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރައިގެން ސީދާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޯޓަށް ދަތުރުކުރި މި ފްލައިޓް ޖައްސާފައިވަނީ މިރޭ 10:40 ހާއިރުއެވެ. މި ފްލައިޓްގައި 261 ޙާޖީން ވަނީ އައިސްފައެވެ.

ރާއްޖެއިން މިފަހަރު ޙައްޖަށްދިޔަ ކޮންމެ ގްރޫޕެއް ސައުދީގައި 3 ހަފުތާ ހޭދަކޮށްފައިވެއެވެ. މައްކާގައި ޙައްޖުގެ މަނާސިކުތަކުގެ އިތުރުން ޙާޖީން މަދީނާގައި 2 ދުވަސް މަޑުކުރިއެވެ.

ދިވެހި ހުރިހާ ޙައްޖާޖީން ރާއްޖެއައިސްފައިވާއިރު، ޙައްޖު ކޯޕަރޭޝަނުގެ އިންތިޒާމުތަކާއެކު މިއަހަރުގެ ޙައްޖުގެ އަޅުކަމުގެ ކަންކަން ކުރިއަށްދިޔައީ ވަރަށް އަމާންކަމާއި އޮމާންކަމާއެކު ފުރިހަމައަށްކަން ދިވެހި ޙައްޖު މިޝަނުން ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން ޙައްޖައްދާ މީހުން މާލެއިން ފުރާ ހިސާބުން ފެށިގެން ޙައްޖުގެ މަތިވެރި އަޅުކަން ނިމި އެނބުރި އައުމާ ހަމައަށް ވީހާވެސް ފަސޭހަ އިންތިޒާމުތަކެއްް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިސްނެންގެވުމާ އެއްގޮތަށް ސަރުކާރުގެ އެކި އިދާރާތައް ގުޅިގެން ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

ޙައްޖުވެރިންގެ ފަހު ގްރޫޕް ރާއްޖެ އަތުވެއްޖެ
ޙައްޖުވެރިންގެ ފަހު ގްރޫޕް ރާއްޖެ އަތުވެއްޖެ

އެގޮތުން ޙަައްޖުވެރިން މިއަހަރުވެސް މައްކާއަށް ދަތުރުކޮށްފައިވަނީ މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުންނެވެ. މިއާއެކު، މައްކާއަށް ޙައްޖުވެރިން ދަތުރުކުރީ ރާއްޖެއިން އިމިގްރޭޝަންގެ އެންމެހާ ކަންކަން ނިންމައިގެންނެވެ. އަދި ސައުދީއަށް ގޮސް ޖިއްދާ އެއަރޕޯޓްގައި މަޑުކުރަން ނުޖެހި، ފަސޭހަކަމާއެކު މައްކާއަށް ދެވެއެވެ.

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއަށް ކޮންމެ އަހަރަކުވެސް ލިބެނީ، 1000 ކޯޓާއެވެ. މިކޯޓާގެ ދަށުން ޙައްޖަށް ދިޔުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ކިޔު ތަރުތީބުން ފޮނުވުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.

ޙައްޖުވެރިންނަށް ޙައްޖާޖީންގެ ޢައިލާތަކުން ވަނީ ވެލާނާ އެއަރޕޯޓުން މަރުހަބާ ކިޔާފައެވެ. އެއަރޕޯޓުން ޙައްޖުވެރިންނަށް ފަސޭހަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައެވެ. އެގޮތުން އަވަހަށް އުޅަނދުތައް ހޯދުމަށާއި އަދި ހައްޖާޖީގެ ދާގީނާ އުފުލުމާއި އެހެން ކަންކަމުގައި އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އަދި އެކި އިދާރާތަކުގެ މުވައްޒަފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ޙައްޖުވެރިންގެ ފަހު ގްރޫޕް ރާއްޖެ އަތުވެއްޖެ
ޙައްޖުވެރިންގެ ފަހު ގްރޫޕް ރާއްޖެ އަތުވެއްޖެ
ޙައްޖުވެރިންގެ ފަހު ގްރޫޕް ރާއްޖެ އަތުވެއްޖެ
ޙައްޖުވެރިންގެ ފަހު ގްރޫޕް ރާއްޖެ އަތުވެއްޖެ
ޙައްޖުވެރިންގެ ފަހު ގްރޫޕް ރާއްޖެ އަތުވެއްޖެ
ޙައްޖުވެރިންގެ ފަހު ގްރޫޕް ރާއްޖެ އަތުވެއްޖެ
ޙައްޖުވެރިންގެ ފަހު ގްރޫޕް ރާއްޖެ އަތުވެއްޖެ
ޙައްޖުވެރިންގެ ފަހު ގްރޫޕް ރާއްޖެ އަތުވެއްޖެ