ހަރުދަނާ ޞިއްޙީ ނިޒާމެއް ބިނާކުރުމަށް ދެމެހެއްޓެނިވި އިންވެސްޓްމަންޓްތައް މުހިއްމުކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، "ޔުނައިޓް ގްލޯބަލް ސަމިޓް 2026" ގައި ވާހަކަދައްކަވަމުންނެވެ.
"ޔުނައިޓް ގްލޯބަލް ސަމިޓް 2026" ގައި ސްޓްރެޓީޖިކް ހެލްތު އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ސިޔާސީ އިސްވެރިންގެ ދައުރާ ގުޅޭގޮތުން ބޭއްވި "ގްލޯބަލް ލީޑަރޝިޕް ޑައިލޮގް" ގައި، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވަނީ ވާހަކަދައްކަވާފައެވެ. ވަޒީރު ޤީލާ ވަނީ އާންމު ޞިއްޙީ ޚިދުމަތްތަކާއި އަސާސީ ޞިއްޙީ ފަރުވާ އަދި ހަރުދަނާ ޞިއްޙީ ނިޒާމެއް ބިނާކުރުމަށްޓަކައި، ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކުގެ އިތުރުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
At the Global Leadership Dialogue on Political Leadership to Drive Strategic Health Investment, Minister@geelaalihighlighted the importance of strong political leadership, sustainable investment, & collaboration to strengthen UHC, primary healthcare & resilient health systems.…pic.twitter.com/Hiacv1bbEs
— Ministry of Health, Family and Welfare (@MoHmv)August 3, 2026
ފިލިޕީންސްގެ މެނީލާގައި ބާއްވާ "ޔުނައިޓް ގްލޯބަލް ސަމިޓް 2026" ގައި ދިވެހިރާއްޖެ ތަމްސީލުކުރައްވަނީ ވަޒީރު ޤީލާ ޢަލީއެވެ. މި ސަމިޓަކީ ޞިއްޙީ ނިޒާމުތައް ހަރުދަނާކޮށް، ޞިއްޙީ ނަތީޖާތައް ރަނގަޅުކުރުމަށްޓަކައި ބައިނަލްއަގުވާމީ އިސްވެރިން އެއްވެ، ސިޔާސީ ގޮތުން ވެވޭ އިގުރާރުތަކާއި އިންވެސްޓްމަންޓްތައް ވަރުގަދަކުރުމަށް ބާއްވާ ބައްދަލުވުމެކެވެ. މި ސަމިޓް ކުރިއަށްދާނީ މިމަހުގެ 3 އިން 4އަށެވެ.
މި ދަތުރުފުޅުގެ ތެރެއިން ވަޒީރު ޤީލާ ވަނީ "ޕެންޑެމިކް ފަންޑް" ގެ އެގްޒެކެޓިވް ހެޑް ޕްރިޔާ ބާސޫއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި، ބަލިމަޑުކަމަކަށް ތައްޔާރުވެ އޮތުމަށް ރާއްޖެއިން ކުރާ މަސައްކަތްތައް ކަށަވަރުކޮށްދެއްވައި، ޕެންޑެމިކް ފަންޑްގެ ގަވަރނިންގ ބޯޑުގައި ދެކުނު އިރުމަތީ އޭޝިއާގެ މެންބަރެއްގެ ހައިސިއްޔަތުން ރާއްޖެއިން އަދާކުރާ ދައުރު ވަނީ ފާހަގަކުރައްވާފައެވެ.