ކްލަބް އީގަލްސް ދޫކޮށް ހުނަރުވެރި ފޯވާޑް އަހްމަދު ރިޒްވާން (ރިޒޭ) ވިކްޓްރީ ސްޕޯޓްސް ކްލަބާއެކު ހަދާފައިވާ އެއްބަސްވުން ދާއިމީކޮށްފިއެވެ.
މިދިޔަ ސީޒަނުގެ ފަހުކޮޅުވެސް ރިޒްވާން ފެނިގެންދިޔައީ ވިކްޓްރީ ޖާޒީގައެވެ. އެ ފަހަރު ރިޒްވާން ވިކްޓްރީއާ ގުޅުނީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އެކަމަކު އަންނަ ސީޒަނަށް ވިކްޓްރީން އެ ކްލަބްގެ ސްކޮޑް ވަރުގަދަ ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ރިޒްވާންގެ އެއްބަސްވުން އެ ކްލަބުން މި ވަނީ ދާއިމީ ކޮށްފައެވެ.
މީގެ ކުރިން ކްލަބް އީގަލްސްގެ ޖާޒީގައި ފެނުނު ރިޒްވާން ވަނީ 19 އަހަރުން ދަށާއި، 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ އިތުރުން ސީނިއާ ގައުމީ ޓީމަށްވެސް ކުޅެފައެވެ. ކްލަބް އީގަލްސްގެ ޖާޒީގައި އެ ޓީމަށް 100 އަށްވުރެ ގިނަ ގޯލު ޖަހައިދީ ރިޒްވާން ވަނީ އެ ޓީމާއެކު 2015 ވަނަ އަހަރު ޕްރެޒިޑެންޓްސް ކަޕްވެސް ކާމިޔާބުކޮށްފައެވެ.
އީގަލްސް އަށް ކުޅެމުން ރިޒްވާނީ މީގެ ކުރިން 2017 ވަނަ އަހަރު ގދ. ތިނަދޫ ފުޓްބޯޅަ ޓީމަށް ލޯނު އެއްބަސްވުމެއްގެ ދަށުން ކުޅެފައެވެ. އެ ފަހަރު ރިޒްވާން ތިނަދޫ ޓީމަށް ކުޅުނީ މާލޭ ލީގުގެ ގަދަ ހަތަރު ޓީމުގެ ތެރޭގައި އީގަލްސް ނުހިމެނުނީމައެވެ.
އަލީ އަޝްފާގް (ދަގަނޑޭ)، އަލީ ފާސިރު (ސެންޓޭ) އަދި އަސަދުﷲ އަބަދުﷲ އަށް ފަހު އެއް ކްލަބަކަށް 100 އަށްވުރެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔަކީ ރިޒްވާނެވެ.
މީގެ އިތުރުން ރިޒްވާން ވަނީ 2023 ވަނަ އަހަރު މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ އަހަރުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ.
ރިޒްވާންގެ ލޯން އެއްބަސްވުން ވިކްޓްރީން ދާއިމީކޮށްފި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed