ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު ކުރުނބާ މޯލްޑިވްސްގައެވެ.
މި ޒިޔާރަތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މެލޭޝިއާގެ ބޮޑުވަޒީރަށް މަރުހަބާ ދަންނަވައި، ދެޤައުމުގެ މެދުގައި އޮތް ހަރުދަނާ އަދި އަޚުވަންތަ ގުޅުން އިތުރަށް ހަރުދަނާކުރުމުގައި ދެމިހުންނަވާނޭ ކަމަށް ވިދާޅުވެފައެވެ. އަދި، ފަތުރުވެރިކަމާއި މަތީ ތަޢުލީމުގެ ދާއިރާ ހިމެނޭހެން ގިނަ ދާއިރާތަކަކުން ގުޅުން ބަދަހިކުރުމުގެ މައްޗަށް ދެފަރާތުން ވަނީ މިބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައެވެ.
މެލޭޝިޔާގެ ބޮޑުވަޒީރުގެ މިދަތުރުފުޅުގައި ނައިބްރައީސްގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ އާއި ޚާރިޖީ ވަޒީރާ ބައްދަލުކުރައްވާފައެވެ.
މިދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅެކެވެ.
ނައިބު ރައީސް މެލޭޝިއާގެ ބޮޑުވަޒީރުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed