ބޭރު ފައިސާއާބެހޭ ގަވާއިދުގެ ދަށުން ބޭރު ފައިސާ މާރުކުރުމަށް ކަނޑައަޅާފައިވާ މުއްދަތުތަކަށް ބަދަލު ގެނެސްފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޮރިޓީ، އެމްއެމްއޭއިން ވަނީ މި ބަދަލުތަކާ ގުޅޭ އެންމެ ފަހުގެ ތާވަލަށް އަހުލުވެރިވެ، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ބޭރު ފައިސާ މާރުކުރުމުގެ ކަންކަން ފުރިހަމަކުރުމަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރައްވާފައެވެ.
ބޭރު ފައިސާއާބެހޭ ޤާނޫނުގެ ދަށުން މީގެކުރިން މާރުކުރުމުގެ ސުންގަޑިއަކީ މީލާދީ މަސް ނިމި، އެ މަހަށް ފަހު ހިނގާ ތިން ވަނަ މަހުގެ 28ގެ ކުރިންނެވެ. މިސާލަކަށް ސެޕްޓެމްބަރު މަހުގެ އާމްދަނީ މާރުކުރަން ޖެހޭ ސުންގަޑިއަކީ 28 ޑިސެމްބަރު 28ގައެވެ.
މިހާރު ގެނައި ބަދަލާއެކު މީލާދީ މަހެއް ނިމި، އެ މަހަށް ފަހު ހިނގާ ފުރަތަމަ މަހުގެ 28ގެ ކުރިން ފައިސާ މާރުކުރަން ޖެހޭނެއެވެ. މިސާލަކަށް ސެޕްޓެމްބަރު މަހުގެ އާމްދަނީ މާރުކުރަންޖެހޭ ސުންގަޑިއަކީ 28 އޮކްޓޯބަރެވެ.
Conversion deadlines under the Foreign Currency Act have changed.
Know the updated timeline and ensure conversions are completed within the required period.pic.twitter.com/vyf5nniuGK— MMA (@MMA_Maldives)September 15, 2026
ބޭރުފައިސާގެ މުޢާމަލާތް ކުރަންޖެހޭ މާލީ އިލްތިޒާމުތައް އެމްއެމްއޭއަށް އަންގަންޖެހޭ ގޮތަށް ބޭރުފައިސާއާބެހޭ އާންމު ޤަވާއިދަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީންވަނީ އިސްލާހު ގެންނަވާފައެވެ. ޤާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން މިހާރު ފަތުރުވެރިކަމުގެ ދައިރާގައި ހަރަކާތްތެރިވާ ރިސޯޓުތަކުން މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގައި ޤާއިމްކޮށްފައިވާ ބޭންކަކަށް މާރުކުރަން ޖެހެއެވެ.
މިގޮތަށް މާރުކުރުމުގައި ބޭރުފައިސާ އިލްތިޒާމުތައް ހަމަޖައްސަން ޖެހޭ ހާލަތުގައި އެކަމުގެ ލުއިތަކެއް ދިނުމުގެ އިޚްތިޔާރު މަރުކަޒީ ބޭންކަށް ވަނީ ދީފައެވެ. މި ޤަވާއިދުގެ ދަށުން ޤާނޫނުގައި ބަޔާންކުރާ ލުއިދެވޭނެ ހާލަތްތަކުގެ އިތުރަށް، އެމްއެމްއޭއިން ކަނޑައަޅާ އިތުރު އިލްތިޒާމުތައް ވަނީ ހިމަނާފައެވެ.