ޖަޕާނުގައި މިހާރު ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގެ ޓޭބަލް ޓެނިސް ޑަބަލްސް އިވެންޓްގައި ވާދަކޮށް ރާއްޖޭގެ އައިޝަތު އަލްސާ ނާފިޒްއާއި މިޝްކާ އިބްރާހީމްގެ ޕެއާ އަތުން ދެކުނު ކޮރެއާގެ ޝިން ޔުބިންއާ ޖޫ ޗެޔުންހުއި ޕެއާ މޮޅުވެއްޖެއެވެ.

މިއަަދު ފަތިހު ކުޅުނު މި މެޗު ދެކުނު ކޮރެއާގެ ޕެއާ ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މުޅި މެޗު ކަހަލަ ގޮތަކަށް ދެކުނު ކޮރެއާގެ ޕެއާއިން ކޮންޓްރޯލްކޮށްގެން ކުޅުނުއިރު، މި މެޗުގެ ސެޓުތައް ދިޔައީ، 11-4، 11-2 އަދި 11-3 އިންނެވެ.

ޖަޕާނުގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގެ ޓީޓީ އިވެންޓުގައި ރާއްޖޭގެ މިކްސް ޑަބަލްސް ޕެއާ ކަމަށްވާ މޫސާ މުންސިފްއާ އައިޝަތު ރަފާ ނާޒިމްގެ ޕެއާ ވަނީ ގަދަ 16 އިން ޖާގަ ހޯދައިފައެވެ.

މުންސިފާއި ރާފާގެ ޕެއާއިން ގަދަ 16 ގެ ޖާގަ ހޯދީ ދެވަނަ ބުރުގައި މޮންގޯލިއާގެ ބިލްގޫން އަންކްބަޔާރާއި އަންޚްމާ ސަރޫދުގެ މައްޗަށް 3-2 ސެޓުން ކުރިހޯދައިގެންނެވެ. މިއީ ރާއްޖޭގެ ޕެއާއެއް އޭޝިއަން ގޭމްސްގެ ޓީޓީ އިވެންޓެއްގެ ގަދަ 16 ބުރުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.