ސޫރިޔާގެ އުތުރުގައި އޮންނަ އަލްޤަނީޠިރަށް ޔަހޫދީ ސިފައިން އަރައި، އެ ސަހަރުގައި ވަގުތީ ޗެކްޕޮއިންޓުތައް ޤާއިމްކޮށް ޢާންމުން ބަލައި ފާސްކޮށްފިއެވެ.
ޔަހޫދީންގެ ގިނަ އަސްކަރީ އުޅަނދުތަކެއް ވަނީ އަލްޤަނީޠިރުގެ ޖުބާތާ އަލް-ޚަޝަބް އަވަށާއި ޢައިން އަލް-ބައިދާ އަވަށް ގުޅުވައިދޭ މަގުގައި ދަތުުރުކޮށްފައެވެ. ޔަހޫދީ ސިފައިން ވަނީ އެ މަގުގައި ވަގުތީ ޗެކްޕޮއިންޓެއް ޤާއިމްކޮށް އެ ސަރަޙައްދުން ދަތުރުކުރި މީހުން ހުއްޓުވައި ފާސްކޮށްފައެެވެ. ނަމަވެސް މިހާރު ވަނީ އެ ޗެކްޕޮއިންޓު ރޫޅާލައިފައެވެ.
ޔަހޫދީ އަސްކަރިއްޔާއިން އަލްޤަނީޠިރުގައި މި ފަދަ ޙަރަކާތެއް ހިންގާފައި މި ވަނީ އޮކްޓޯބަރު މަހުގެ 24ވަނަ ދުވަހު ވެސް ހަމަ އެ ފަދަ އެހެން ޙަރަކާތެއް ޖުބާތާ އަލް-ޚަޝަބްގެ ބޭރުގައި ހުންނަ އަލް-ކައްސަރަތު ޖަންކްޝަންގައި ކުރިއަށް ގެންގޮސްފައި ވަނިކޮށެވެ. އަލްޤަނީޠިރުގެ އުތުރުގައި ވެސް ތިން މީހުން ޔަހޫދީންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
ޔަހޫދީ ބާރުތަކުން ދަނީ އަލްޤަނީޠިރުގެ ދެކުނުގެ ސަރަޙައްދުތަކުގައި ހުރި ދަނޑުބިންތައް ބުލްޑޯޒަރު ބޭނުންކޮށްގެން ސުންނާފަތިކުރަމުންނެވެ. ‘ސުފާ 53’ މަޝްރޫޢުގެ ދަށުން ޔަހޫދީން ދަނީ އަމިއްލަ މީހުންގެ ދަނޑުބިންތަކުގެ ތެރޭގައި އުސް ބެރިއަރެއް އަޅަމުންނެވެ. އެއާއެކު ދަނޑުވެރިންނަށް އެ ބެރިއަރުގެ އަނެއް ފަޅީގައި އޮންނަ ބިންތަކާ ހަމައަށް ދިޔުމަށް އުނދަގޫވެއެވެ.
އޮކްޓޯބަރު މަހުގެ 18ވަނަ ދުވަހު އަހް ޙަނޫތު ސަރަޙައްދުގައި ހުރި ޒައިތޫނި ގަސް ހައްދާ
ފައި ހުރި 13،000 އަކަ މީޓަރުގެ ސަރަޙައްދެއް ޔަހޫދީން ވަނީ ސުންނާފަތިކޮށްލައިފައެވެ. އަދި ޒައިތޫނި ކެނޑުމަށް ބާކީ ހުރި ދަނޑުތަކަށް ދަނޑުވެރިން ދިޔުމުގެ ފުރުޞަތު ވެސް ދީފައެއް ނުވެއެވެ.
ސޫރިޔާގެ ޚާރިޖީ ވުޒާރާއިން ބުނީ ޔަހޫދީންގެ މި ޢަމަލަކީ 1974ގެ އެއްބަސްވުމަކާ ޚިލާފު ޢަމަލެއް ކަމަށެވެ. އަދި ގުޅުންހުރި ބައިނަލްއަޤްވާމީ ޤަރާރުތަކާ ޚިލާފު ޢަމަލެއް ކަމަށެވެ. އެ ވުޒާރާއިން ވަނީ ސޫރިޔާގެ ބިންތަކުގެ މައްޗަށް އޮންނާނީ ޤައުމުގެ އިސްތިޤުލާލު ކަމަށް ބުނެ، ޤައުމުގެ ސަރަޙައްދީ ރޮނގުތައް ހިމާޔަތްކޮށްދިނުމަށް ބައިނަލްއަޤްވާމީ ދުނިޔެއަށް ގޮވާލައިފައެވެ.
ސޫރިޔާއިން ދަނީ އެ ޤައުމުގެ ދެކުނުގެ ބިންތަކުން ޔަހޫދީ ސިފައިން ފޭބުމަށް ތަކުރާރުކޮށް ގޮވައިލަމުންނެވެ.
ސޫރިޔާގެ އަލްޤަނީޠިރުގައި ޔަހޫދީންގެ ދަނޑުބިންތައް ސުންނާފަތި ކުރަނީ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed