ދިވެހިރާއްޖޭގައި ކުވައިތާދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އެކި ދާއިރާތަކުން ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމާގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރައްވާފައިވަނީ އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ކުވައިތުގެ ޚާރިޖީ ވަޒީރު ޝައިޚް ޖައްރާ ޖާބިރު އަލްއަޙްމަދު އަލް ޞަބާޙާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. ވަޒީރުގެ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ކުރައްވާ ދަތުރުފުޅެކެވެ.
މި ބައްދަލުކުރެއްވުމުގެ ތެރެއިން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ކުވައިތުގެ ޢަމީރު ޝައިޚް މިޝާލް އަލްއަހްމަދު އަލްޖާބިރު އައްޞަބާހަށް ފޮނުއްވި ސިޓީފުޅެއް ޚާރިޖީ ވަޒީރު މެދުވެރިކުރައްވާ އަރުވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ވަޒީރުންވެސް ވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާގުޅޭގޮތުން މަޝްވަރާކުރައްވާފައެެވެ. އަދި އެ ޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެކުގައި މަސައްކަތްކުރެވޭ ގޮތްތަކާގުޅޭ ގޮތުން ވަނީ މަޝްވަަރާކުރައްވާފައެވެ.
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ކުވައިތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ އައުޤާފާއި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު އިބްރާހީމް މުޙައްމަދު އަލްވަޞްމީގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައި، އިސްލާމީ ދާއިރާއިންނާއި، ވަޤުފް ތަރައްޤީކުރުމާއި، މީހުން ބިނާކުރުމުގެ ދާއިރާއިން އެއްބާރުލުން ބަދަހިކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
ރާއްޖެއާއި ކުވައިތުގެ ގުޅުން ބަދަހިކުރުމާގުޅޭ މުހިންމު މަޝްވަރާތަކެއް
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed