ޔަހޫދީންގެ އިސްތިޢުމާރީ ބާރުތަކުން ފަލަސްޠީނުގެ ޣައްޒާގެ އެކި ސަރަހައްދުތަކުން ފަލަސްޠީނުގެ ރައްޔިތުން ގަދަކަމުން ނެރެ ގެދޮރުން ބޭރުކުރަމުންދާ ކަމަށާއި، މި އަނިޔާވެރި އަމަލުތަކުގެ ސަބަބުން ފަލަސްޠީނުގެ ނަސްލު ނައްތައިލުމުގެ ނުރައްކާ އިންތިހާއަށް ބޮޑުވަމުންދާ ކަމުގެ އިންޒާރު އދގެ އިންސާނީ ޙައްޤުތަކާ ބެހޭ އިދާރާ (އޯ.އެޗް.ސީ.އެޗް.އާރް)އިން ދީފިއެވެ.
އދއިން ބުނި ގޮތުގައި، ޣައްޒާގެ ބިމުގެ 70 އިންސައްތައަށް ޔަހޫދީންގެ ނިރުބަވެރި ސިފައިންގެ އަސްކަރީ ކޮންޓްރޯލް ފުޅާކުރުމުގެ ބޭނުމުގައި، ޢާންމު ރައްޔިތުންގެ ގެދޮރާއި އަސާސީ ވަސީލަތްތައް ސުންނާފަތިކޮށް، ރައްކާތެރިކަން ހޯދައިގެން ތިބި ވަގުތީ ހިޔާތަކަށް އަންނަނީ މެދުކެނޑުމެއްނެތި ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.
ޚާއްސަކޮށް، "ރީނދޫ ރޮނގު" ގެ ނަމުން ނަންދީފައިވާ ސަރަހައްދީ ރޮނގުން ބޭރަށް ޔަހޫދީންގެ ބާރުތައް ފުޅާކޮށް، އެ ސަރަޙައްދަކީ އެއްވެސް އިސްތިސްނާއެއް ނެތި މީހުން މަރައި ހުސްކުރާ ހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާތީ، ގެދޮރު ގެއްލިފައިވާ އެތައް ހާސް ބަޔަކަށް އަމިއްލަ ގެދޮރަށް އެނބުރި އައުމުގެ ހުރިހާ ދޮރެއް ވަނީ ބަންދުވެފައެވެ.
ފާއިތުވި ދެ ހަފުތާގެ ތެރޭގައި ޣައްޒާގައި އެކި ސަރަހައްދުތަކަށް އަމާޒުކޮށް، ބޮންއަޅައި، ޑްރޯނާއި ގޮވާތަކެތި ހަރުކޮށްފައިވާ ރޮބޮޓު ފަދަ ނުރައްކާތެރި ވަސީލަތްތައް ބޭނުންކޮށްގެން ދިން ލާއިންސާނީ ހަމަލާތަކާ ގުޅިގެން، އެތައް ސަތޭކަ އާއިލާއެއް ވަނީ އަނެއްކާވެސް ޙާލުގައި ޖެހި، މަގުމަތިވެފައެވެ.
ހަނގުރާމަ ހުއްޓައިލުމުގެ ވާހަކަތަކެއް ދެކެވުނު ކަމުގައި ވިޔަސް، ޔަހޫދީންގެ ހިންގަމުންދާ ޤަތުލުޢާންމަށް އެއްވެސް މަޑުޖެހުމެއް އައިސްފައެއް ނުވެއެވެ. އޮކްޓޯބަރު 2023 ގައި މި ޢުދުވާން ފެށުނު ފަހުން މިހާތަނަށް ފަލަސްޠީނުގެ 74،500 އަށް ވުރެ ގިނަ ކުށެއްނެތް ރައްޔިތުން ވަނީ ޝަހީދުކޮށްލައިފައެވެ.
ފަލަސްޠީނުގެ ނަސްލު ނައްތައިލުމުގެ ބިރު އިތުރަށް ބޮޑުވެއްޖެ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed