އެމެރިކާއިން އީރާނުގެ މަސްވެރި އުޅަނދުތަކަކަށް ދިން ހަމަލާއެއްގައި ދެ މީހަކު ގެއްލިފައިވަނިކޮށް، އެމެރިކާގެ އެއްވެސް އިންޒާރަކަށް ބެލުމެއްނެތި، ވަކި ހައްދެއް ކަނޑަނާޅައި ވަގުތުން އަސްކަރީ ރައްދުދިނުމަށް އީރާނުގެ އެންމެ މަތީ ވެރިޔާ، މުޖުޠަބާ ޚާމަނާއީ އަމުރުކުރައްވައިފިއެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާއާ ގުޅިގެން އެމެރިކާގެ ފަރާތުން މިހާތަނަށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. މި ހަމަލާއާ ގުޅިގެން އީރާނުގެ އެންމެ މަތީ ވެރިޔާ ޚާމަނާއީ ވަނީ، އެއްވެސް ސަަރަހައްދީ އިމަކަށް ބެލުމެއްނެތި، ވީއެންމެ އަވަހަކަށް އެމެރިކާއަށް ވަރުގަދަ އަސްކަރީ ރައްދެއް ދިނުމަށް އަމުރުކުރައްވާފައެވެ.
އަދި އެމެރިކާއާއި ޔަހޫދީ ދައުލަތުގެ މަޞްލަޙަތުތަކާއި ވަސީލަތްތަކަށް ހަމަލާދިނުމަށްޓަކައި، ކަނޑައެޅިފައިވާ އަމާޒުތައް އަލުން މުރާޖަޢާކުރުމަށްވެސް އަންގަވާފައިވެއެވެ.
މީގެއިތުރުން، އެމެރިކާއާއި ޔަހޫދީ އިންތިޚާބުތަކާ ދިމާކޮށް ދެމުންދާ މިފަދަ ހަމަލާތަކުގެ ސަބަބުން، ހަނގުރާމައިގެ ހުޅުގަނޑު މުޅި ސަރަހައްދަށް ފެތުރިގެން ހިނގައިދާނެ ކަމުގެ އިންޒާރު އީރާނުގެ އަސްކަރިއްޔާގެ ތަރުޖަމާނު މުޙައްމަދު އަކްރަމީނިއާ ވަނީ ދެއްވާފައެވެ.
މި ނުތަނަވަސްކަން ކުޑަކުރުމަށްޓަކައި، ޤަޠަރު މެދުވެރިކޮށް އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ ވެންސް ފޮނުއްވި ސިޓީފުޅެއް އީރާނުގެ ސަލާމަތީ ކަންކަމާބެހޭ އިސްވެރިޔާ މުޙްސިން ރިޒާއީއަށް ލިބިވަޑައިގެންފައިވާކަން ކަށަވަރުވެފައިވީ ނަމަވެސް، އީރާނުން އަދި އެކަމަށް ރަސްމީ ޖަވާބެއް ދީފައެއް ނުވެއެވެ.
މިދިޔަ ފެބުރުވަރީ މަހުން ފެށިގެން ދެފަރާތުގެ ދެމެދުގައި ކުރިއަށްދާ މި ކުރިމަތިލުންތަކާ ގުޅިގެން ހުރުމުޒް ކަނޑުއޮޅި އީރާނުން ބަންދުކޮށްފައިވާއިރު، އެމެރިކާއިން ދަނީ އީރާނުގެ ބަނދަރުތަކާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ.
އެމެރިކާގެ ހަމަލާތަކަށް ވަކި އިމެއްނެތި ރައްދުދިނުމަށް ޚާމަނާއީގެ އަމުރެއް
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed