އެންޓިގުއާ އެންޑް ބާބޫޑާގެ މިނިވަން ދުވަހުގެ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށާއި 2026ވަނަ އަހަރުގެ ކޮމަންވެލްތު ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސްއާއި ރާނީ ކަމީލާ އެ ޤައުމަށް ވަޑައިގެންފިއެވެ.
1981ވަނަ އަހަރު އެންޓިގުއާ އެންޑް ބާބޫޑާއަށް އިނގިރޭސިންގެ ކިބައިން މިނިވަންކަން ލިބުމުން ވެސް އެ ޤައުމުން ބޭނުންވީ ދައުލަތުގެ އިސްވެރިޔާއަކީ އިނގިރޭސިވިލާތުގެ ރާނީކަމުގައި ދެމެހެއްޓުމަށެވެ. 2022ވަނަ އަހަރު ރާނީ އެލިޒަބެތު އަވަހާރަވުމުން އިނގިރޭސިވިލާތުގެ ރަސްގެފާނަށް ޗާލްސް ވެވަޑައިގަތެވެ. ރާނީ އެލިޒަބެތު އަވަހާރވުމާއެކު އެންޓިގުއާ އެންޑް ބާބޫޑާގެ ވެސް ރަސްގެފާނަށް ޗާލްސް ވެވަޑައިގަތެވެ. އެ ޤައުމުގައި ވަކި ސަރުކާރަކާއި ބޮޑުވަޒީރެއް ހުރެއެވެ. ނަމަވެސް ދުސްތޫރީ އަދި ރަމްޒީ ބައެއް ޒިންމާތައް ރަސްގެފާނަށް ވެސް އޮވެއެވެ.
ކެރިބިއަންގައި އޮންނަ މި ޤައުމަށް ޝާހީ ދެކަނބަލުން ވަޑައިގެންފައި ވަނީ އޮކްޓޯބަރު މަހުގެ 30 ވީ ހުކުރު ދުވަހުއެވެ. މިއީ ދެމަފިރިކަނބަލުން ކުރައްވަމުންދާ ކެރީބިއަން ޓުއާގެ އެންމެ ފަހު މަންޒިލެވެ. ވީސީ ބަރޑް ބައިނަލްއަޤްވާމީ ވައިގެ ބަނދަރުން ދެ ކަނބަލުންނަށް ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ. އެންޓިގުއާ އެންޑް ބާބޫޑާގެ ދިފާޢީ ބާރުގެ ބޭންޑުން ވެސް ހުށަހެޅުމެއް ހުށަހަޅާފައިވެއެވެ.
އަންޓިގުއާ އެންޑް ބާބޫޑާއަށް މިނިވަންކަން ލިބުނުތާ 45 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ޕެރޭޑެއް ޝަހީ ދެމަފިރިކަނބަލުން ބައްލަވައިލެއްވުމަށް ހަމަޖެހިފައިވެއެވެ. އެންޓިގުއާ އެންޑް ބާބަޑުއާގެ ސަޤާފީ ސިފަތަކާއި ހުނަރުވެރިކަން ފާހަގަކުރުމުގެ ޙާރަކާރެެއްގައި ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. އޭގެ އިތުރުން ސަޤާފީ ތަރިކަތަކާއި ކަނޑުގެ އީކޯސިސްޓަމްތަކާއި މުރަކަ ހިމާޔަތްކުރުމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނާ ބައްދަލުކުރައްވާނެއެވެ. އޭގެ އިތުރުން ވެސް ކޮމަންވެލްތް ސަމިޓާ ގުޅުންހުރި އެހެން ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކޮމަންވެލްތު ޒުވާނުންގެ ފޯރަމްގެ ބައިވެރިންނާ ބައްދަލުކުރެއްވުމާއި ގޮނޑުދޮށްތައް ހިމާޔަތްކޮށް ދެމެހެއްޓުމުގެ މަސައްކަތްތަކުަގައި ޝާމިލްވާ ޒުވާނުންނާ ވެސް ބައްދަލުކުރައްވާނެއެވެ. އެ ޙަރަކާތްތަކަށް ފަހު ކޮމަންވެލްތު ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
ކޮމަންވެލްތު ސަމިޓު ބޭއްވުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު 1ވަނަ ދުވަހުން 4ވަނަ ދުވަހަށެވެ. ކޮމަންވެލްތު ސަމިޓު ހުޅުވާ ޖަލްސާގައި ރަސްގެފާނު ޗާލްސް ވާހަކަ ދެއްކެވުމަށް ހަމަޖެހިފައިވެއެވެ. އެއީ ކޮމަންވެލްތުގެ އެންމެ އިސްވެރިޔާގެ ޙައްޞިއްޔަތުންނެެވެ. ސަމިޓުގެ ބޭނުމަކީ މެންބަރު ޤައުމުތަކުގެެ މެދުގައި އެއްބާރުލުމާއި އިންވެސްމެންޓް އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމެވެ. މަޝްވަރާކުރާ ދާއިރާތަކުގެ ތެރޭގައި މޫސުމީ ވިލުންތެރިކަމާއި ވިޔަފާރިއާއި އީޖާދުކުރުމާއި ހަމަހަމަކަމާއި ދެމެހެއްޓެނެވި ތަރައްޤީ ހިމެނެއެވެ.
ޝާހީ ދެކަނބަލުން އަންޓިގުއާ އެންޑް ބާބޫޑާއަށް
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed