ސްޕެނިޝް ލަލީގާގައި ރޭ ސެންޓަންޑަރ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކާމިޔާބުކޮށްފިއެވެ.
ސެންޓެންޑަރގެ ދަނޑުގައި ކުޅުނު މި މެޗުގައި ރެއާލް މެޑްރިޑުން ވަނީ ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެ އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފައެވެ.
މި މެޗުގެ 11 ވަނަ މިނިޓުގައި ރެއާލް މެޑްރިޑުން ލީޑު ނަގާފައިވަނީ ޕެނަލްޓީ އޭރިޔާ ތެރެއިން ކިލިއަން އެމްބާޕޭއަށް ފައުލް ކުރުމާއި ގުޅިގެން އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން އެމްބާޕޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ރެއާލް މެޑްރިޑުން މި މެޗުގައި ޖެހި ދެވަނަ ލަނޑު މެޗުގެ 21 ވަނަ މިނިޓުގައި ޖޫޑް ބެލިންހަމް ކާމިޔާބުކޮށްދީފައިވާއިރު މިއީ އޭނާ އެ ކްލަބަށް ޖަހައިދިން 50 ވަނަ ލަނޑެވެ. 2023 ވަނަ އަހަރު ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑުން ރެއާލް މެޑްރިޑަށް ބަދަލުވި ބެލިންހަމް ވަނީ އެ ކްލަބަށް 154 މެޗު ކުޅެދީފައެވެ.
އަދި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން 9 މިނިޓަށް ވެފައިވަނިކޮށް ރެކޯޑް އަދަދަކަށް ރެއާލް މެޑްރިޑަށް ބަދަލުވި ޔާން ޑިއޮމޮންޑް ވަނީ އިތުރު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފައެވެ.
މި މެޗުން ރެއާލް މެޑްރިޑް މޮޅުވިއިރު އެ ޓީމަށް ވަނީ 11 މެޗުން ލިބިފައިވާ 27 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ މަގާމް ލިބިފައެވެ. ދެވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑަށް 28 ޕޮއިންޓް ލިބިފައިވާއިރު ރޭ އެ ޓީމު ވަނީ ރެއާލް ސޮސިއެޑާޑް އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ.
ރެއާލް މޮޅުވެ ފަރަގު ކުޑަކޮށްފި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed