ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކުރީގެ ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާޙިދު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ހ. ރަބީޢީމަންޒިލް އަބްދުﷲ ޝާހިދު ހައްޔަރުކޮށްފައިވަނީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައިކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން އަބްދުﷲ ޝާހިދު ހައްޔަރުކޮށްފައިވަނީ މިރޭ 09:59 ގައިކަމަށްވެސް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީގުކުރަމުންނެވެ.