ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ 62 ކުންފުންޏާއެކު، ވޯލްޑް ޓްރެވަލް މާކެޓް 2026 ފަށައިފިއެވެ.

މިއީ މިއަހަރު ރާއްޖެއިން ބައިވެރިވާ މިފަހަދަ ބޮޑެތި ފެއާތަކުގެ އެންމެ ފަހު ފެއާއެވެ.

ފެއާގައި ރާއްޖޭގެ ސްޓޭންޑް ހުޅުވުމުގެ ގޮތުން، ދަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޢަބްދުﷲ ޔާސިރު އަދި ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަމީލާ އަލީ ވަނީ ސްޓޭންޑް ބައްލަވާލައްވާ ވިޔަފާރިތައް ތަމްސީލްކުރާ މަންދޫބުންނާ ބައްދަލުކުރައްވާފައެވެ.

ވޯލްޑް ޓްރެވަލް މާކެޓަކީ ރާއްޖެއިން ބައިވެރިވާ ބައިނަލްއަޤްވާމީ ފެއަރތަކުގެ ތެރެއިން އެންމެ މުހިންމު އެއް ފެއާއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ %57 ޙިއްސާކުރަނީ ޔޫރަޕްގެ ފަތުރުވެރިންނެވެ.

މިއަހަރުގެ ޑަބްލިޔުޓީއެމް ލަންޑަންގައި ބައިވެރިވާ ދިވެހިރާއްޖޭގެ ވަފުދުގައި 161 މަންދޫބުން ހިމެނެއެވެ. މީގެތެރޭގައި ފަތުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 62 ކުންފުންޏަކުން 136 ބައިވެރިން ބައިވެރިވެއެވެ.

ދިވެހި 62 ކުންފުންޏާއެކު ވޯލްޑް ޓެރެވަލް މާކެޓް ފަށައިފި
ދިވެހި 62 ކުންފުންޏާއެކު ވޯލްޑް ޓެރެވަލް މާކެޓް ފަށައިފި

ވޯލްޑް ޓެރެވަލް މާކެޓް ފެށުން، ފޮޓޯ: ވިޒިޓް މޯލްޑިވްސް

މި ފެއާގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ބައިނަލްއަޤްވާމީ ގަންނަފަރާތްތަކާ ބައްދަލުކުރުމަށާއި، ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށާއި، އެފަރާތްތަކުގެ ފަތުރުވެރިކަމުގެ ޚިދުމަތްތައް ދައްކާލުމަށް ފުރުޞަތު ލިބިގެންދެއެވެ.

އެކްސެލް ލަންޑަންގައި ކުރިއަށްދާ މިއަކަރުގެ ފެއަރ 3 ދުވަހުގެ މުއްދަތަށް ކުރިއަށްދާނެއެވެ.

2027ވަނަ އަހަރަކީ، ސަރުކަރުން ފަތުވެރިކަން ކުރިއެރުވުމުގެ އަހަރުގެ ގޮތުގައި ޚާއްސަ މަސައްކަތްކުރުމަށް ކަނޑައަޅާފައިވާ އަހަރެކެވެ. "ވިޒިޓް މޯލްޑިވްސް އިޔާ 2027" އިފްތިތާޙުކުރީ، މިއަހަރުގެ ޤައުމީ ފަތުވެރިކަމުގެ ދުވަހުއެވެ. އަދި މި ފެއަރގެތެރެއިން، ބައިނަލްއަޤްވާމީ މީޑީއާތަކަށާއި ފަތުވެރިކަމުގެ ދާއިރާގެ ދާއިރާގެ ވިޔަފާރި ޕާޓްނަރުންނަށް މި ސިޔާސަތު ރަސްމީކޮށް އިފްތިތާޙުކުރާނެއެވެ.

މި މަޢުރަޒުގައި "ވިޒިޓް މޯލްޑިވްސް ޑެސްޓިނޭޝަން ގައިޑް"ގެ 2027 ވަނަ އަހަރުގެ އެޑިޝަން ތައާރަފްކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ދިވެހި 62 ކުންފުންޏާއެކު ވޯލްޑް ޓެރެވަލް މާކެޓް ފަށައިފި
ދިވެހި 62 ކުންފުންޏާއެކު ވޯލްޑް ޓެރެވަލް މާކެޓް ފަށައިފި

ވޯލްޑް ޓެރެވަލް މާކެޓް ފެށުން، ފޮޓޯ: ވިޒިޓް މޯލްޑިވްސް

އަންނަ އަހަރު ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު އިތުރުކުރުމުގެ މަޤްޞަދުގައި، ގުޅިގެން މާކެޓިންގ ހަރަކާތްތައް ހިންގުމަށާއި، ރާއްޖެ ޕްރޮމޯޓްކުރުމަށާއި، ޕާޓްނަޝިޕްތައް ޤާއިމުކުރުމާ ގުޅޭގޮތުން، ބައިނަލްއަޤްވާމީ ޓުއާ އޮޕަރޭޓަރުންނާއި، އެއާލައިންތަކާއި، އޮންލައިން ޓްރެވަލް ޕްލެޓްފޯމްތަކާއި އަދި މީޑިއާ އިދާރާތަކާއެކު ވިޒިޓް މޯލްޑިވްސްއިން މަޝްވަރާތައް ކުރިއަށްގެންދާނެއެވެ.

އަދި ބައިވެރިވާ ދިވެހި ވިޔަފާރިތައް މެދުވެރިކޮށް، އެ ވިޔަފާރިތައް އިޝްތިހާރުކޮށް މާކެޓް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރާނެއެވެ.