ރަޝިއާއިން ޔޫކްރެއިންގެ އިމާރާތާކަށް ބޮން އެޅުމުގެ ސަބަބުން އާންމުންގެ އެތައް ބަޔަކު މަރުވެއްޖެއެވެ.
ރަޝިއާއިން ބޮން އަޅާފައި ވަނީ ޒަޕޮރީޖާ ސަރަޙައްދުގެ ކޮމީޝުާވާގައި ހުންނަ މީގެ ކުރިން މަދަރުސާއެއްގެ ގޮތުގައި ބޭނުންކޮށްފައިވާ އިމާރާތަކަށެވެ. އެ އިމާރާތަށް ނުވަ ބޮން ވައްޓާލާފައިވާއިރު، މިހާތަނަށް 33 މީހުން މަރުވެފައިވާކަން ވަނީ ކަށަވަރުވެފައެވެ. އެ އިމާރާތުގެ ތެރޭގައި ތިބި އިތުރު 50 މީހުންނަށް ވީނުވީއެއް އަދި ނޭނގެއެވެ.
އެ ސަރަހައްދުގެ ގަވަރުނަރު މައިޚައިލޯ ސެމިިކިން ވިދާޅުވީ އެ އިމާރާތް ބޭނުން ކުރަމުން ދިޔައީ ވަގުތީ ހިޔައެއްގެ ގޮތުގައި ކަމަށެވެ. އަދި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ މަރުަކަޒެއްގެ ގޮތުގައި ކަމަށެވެ. އޭނާ ވިދާޅުވީ މީހުން ތިބީ ވިލާތުގެ އިއްތިޙާދުގެ އެހީތެރިކަމާއެކު އެ އިމާރާތުގައި ބިނާކޮށްފައިވާ ބޭސްމަންޓެއްގައި ކަމަށާއި އެ ބޭސްމަންޓަކީ ގިނަ ހަމަލާތަކުން ރައްކާތެރިކަން ލިބޭ ގޮތަށް އިމާރާތްކޮށްފައިވާ ބޭސްމަންޓްއެއް ކަމަށެވެ. ނަމަވެސް ރަޝިއާއިން ދީފައިވާ ހަމަލާގެ ވަރުގަދަކަމުން ކޮންކްރީޓުން ހަދާފައިވާ އެ ތަން ވެއްޓި، އަލިފާން ވެސް ރޯވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މަދަރުސާ ހިންގި އިމާރާތުގައި ވަގުތީ ހިޔާއެއް ޤާއިމްކޮށްފައި ވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. އެއީ ހަނގުރާމައިގެ ދުވަސްވަރު ވެސް މަދަރުސާގައި ކުލާސްތައް ކުރިއަށް ގެންދިއުމުގެ މަގްސަދުގައެވެ. ނަމަވެސް އެ ރަށާ ކައިރިން ހަމަލާ ބަދަލުކުރުން އިތުރުވާން ފެށުމުން ގިނަ އަދަދެެއްގެ އާންމުން ވަނީ އެ ރަށް ދޫކޮށް ގޮސްފައެވެ. އެހެންކަމުން އެ އިމާރަތް މި ދުވަސްވަރު މަދަރުސާއެއްގެ ގޮތުގައި ބޭނުމެއް ނުުކުރެއެވެ.
ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރު ޒެލެންސްކީ ވަނީ އެ ހަމަލާއަކީ 2022ވަނަ އަހަރުން ފެށިގެން ޔޫކްރެއިންއާއި ރަޝިއާއާ ދެމެދު ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް އެންމެ ގިނަ އަދަދެއްގެ މީހުން މަރުވި އެއް ހަމަލާ ކަމަށެވެ. އޭނާ ވިދާޅުވީ ރަޝިއާއިން ހަމަލާ ދީފައި ވަނީ އިމާރާތުގައި އިންސާނީ އެހީތެރިކަން ބަހަމުން ދިޔަ ވަގުތެއްގައި ކަމަށެވެ. އެ ހަމަލާ ދީފައި ވަނީ ޔޫކްރެއިންގެ ހަަކަތައިގެ ބިނާރަށް އަމާޒުކޮށް ރަޝިއާއިން އެތައް ސަތޭކަ ޑްރޯންއަކާއި އެތައް މިސައިލްއެއް ބޭނުންކޮށްގެން ހަމަލާތަކެއް ދިނުމުގެ އިރުކޮޅެއް ކުރިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ ހަމަލާ ދީފައި ވަނީ ހަކަތައިގެ ދާއިރާއަށް ހަމަލާ ނުދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަކުރާރުކޮށް ގޮވައިލައްވަމުން ދަނިކޮށެވެ. ޒެލެންސްކީ ވަނީ ރަޝިއާއިން ހަމަލާތައް ދީފައި ވަނީ އެމެރިކާގެ މެދުދައުރުގެ އިންތިހާބު ބާއްވާ ދުވަހު ކަމަށް ފާހަގަކުރައްވައިފައެވެ.
ޒެލެންސްކީ އިތުރަށް ވިދާޅުވީ ޔޫކްރެއިންގެ ވައިގެ ސަރަޙައްދު ދިފާޢުކުރުމަށް އެ ޤައުމަށް އެހީތެރިކަން ދޭން ޖެހޭ ކަމަށެވެ. އެ ނޫން ގޮތަކަށް ރަޝިއާއިން މިސައިލް ހަމަލާތައް ނުހުއްޓާނެ ކަމަށާއި، ތެދުވެރިކަމާއި އިތުބާރު ހިފޭ ގޮތަކަށް ސުލްހަ ގާއިމް ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެއީ އެމެރިކާއަށް ކުރެެވޭނެ ކަމެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރަޝިއާއިން ޔޫކްރެއިންގެ އިމާރާތަކަށް ދިން ހަމަލާއެއްގައި 33 މަރު
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed