އިންޑިއާގެ ދަނޑުވެރިއެއް ކަމަށްވާ އަމަރްސިންހު ގުޝިންގެ ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި އޭނާގެ ދަނޑުގައި ސަނާމުގާއި ގޮދަން އިންދުމަށް ބޭނުންވެއެވެ. އެއީ މި ވަގުތު ބާޒާރުގައި ރަނގަޅު އަގުގައި އެ ތަކެެތި ވިކޭތީއެވެ. ނަމަވެސް އާންމުކޮށް ވާރޭ ވެހޭ މިންވަރަށްވުރެ މަދުން ވާރޭ ވެހޭ ދުވަސްވަރެއްގައި ފެން ލިބުމަށް ދަތިވުމުގެ ސަބަބުން ގުޝިންގެއަށް ވަނީ އެ ކަން ނުުރެވިފައެވެ.
ފިނި މޫސުމަށް ދަނޑު ހެއްދުމަށް ދަނޑުވެރިން ތައްޔާރުވަމުންދާއިރު، ގުޝިންގެއެކޭ އެއްގޮތަށް އިންޑިއާގެ ދެކުނާއި ހުޅަނގުގެ ސަރަޙައްދުތަކުގައި އެތައް މިލިއަން ދަނޑުވެރިންނަކަށް ވަނީ ފެނުގެ ދަތިކަން ކުރިމަތިވެފައެވެ. އުމުރުން 78 އަހަރުގެ ގުޝިންގެ ބުނީ އެއްޗެއް ހެއްދޭ މިންވަރަށް ވުރެ ވެލިގަނޑުގައި ތެތްކަން ކުޑަ ކަމަށެވެ. އަދި ދަނޑު ހެއްދޭ މިންވަރަށް ފައިސާ ވެސް ނެތް ކަމަށެވެ. އޭނާ ދިރިއުޅޭ ރަޖެވާދީ އަވަށަށް މި އަހަރު ވާރޭ ވެހިފައި ވަނީ އާންމުކޮށް ވާރޭ ވެހޭ މިންވަރަށް ވުރެ 48 އިންސައްތަ މަދުންނެވެ.
މި ޙާަލަތުގައި ދަނޑުވެރިންނަށް ދަނޑު ހައްދަން ޖެހިފައި ވަނީ އެންމެ އެކަށީގެންވާ މާހައުލެއްގައެއް ނޫނެވެ. އޭގެ ސަބަބުން ގަސްތައް ރަނގަޅަށް ނުހެދުން އެކަށީގެންވެއެވެ. އަދި ކާނާ އަޅާ މިންވަރު ވެސް މަދުވުމުގެ ފުރުޞަތު ބޮޑުވެއެވެ.
ދަނޑުތަކުން ބާޒާރަށް ނެރެވޭ ކާނާގެ މިންވަރު މަދުވުމުން ކާބޯތަކެތީގެ އަގު އިތުރަށް އުފުލުމަށް މަގުފަހިކޮށްދެއެވެ. އެލް ނިނޯގެ ޙާލަތު ގޯސްވެފައިވާ މި ދުވަސްވަރުގައި ހަކުރާއި މުގާއި ގޮދަނާއި ހަނޑުލުގެ އަގުތައް ދަނީ އުފުލެމުންނެވެ. އޭގެ އިތުރުން ފިޔައާއި ކުކުޅުގެ އުފެއްދުންތައް ވެސް ދަނީ އަގުބޮޑުވަމުންނެވެ. ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުވުމަކީ އިންޑިއާގެ އެތައް މިލިއަން ރައްޔިތުންނެއް އެ ކަމާމެދު ހިތްހަމަނުޖެހޭނެ ކަމެެވެ. މީގެ ކުރިން ވެސް ފިޔަލުގެ އަގު އުފުލުމުން ބައެއް ސްޓޭޓް ސަރުކާރުތަކަށް އިންތިހާބުތަކުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައިވެއެވެ.
ކާބޯތަކެތީގެ އަގު މައްޗަށް ދާ ވަރަކަށް ބޭނުންކުރާ މިންވަރު ވެސް ދަށަށް ދާނެއެވެ. މި އަހަރުގެ މި މޫސުމަކީ ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ވާރޭވެހުން އެންމެ މަދު މޫސުމެވެ. އެއާއެކު ދަނޑުވެރިކަމަށް ބޭނުންކުރާ ސާމާނު ވިކޭ މިންވަރު ވެސް ވަނީ ދަށަށް ގޮސްފައެވެ.
އޮކްޓޯބަރު މަހާއި ޑިސެމްބަރު މަސް ހިމެނޭ މި އަހަރުގެ ހަތަރުވަނަ ކުއާޓާގައި ކާބޯތަކެތީގެ އަގު 10 އިންސައްތައަށް އުފުލޭނެ ކަމަށް ބެލެވެއެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް ކާބޯތަކެތީގެ އަގުތައް އިންޑިއާގައި ބޮޑުތަނުން މައްޗަށް ޖެހިލައި އެ ނިސްބަތް 7.74 އިންސައްތައަށް އިތުރުވިއިރު، އޭގެ ސަބަބުން ޖުމްލަ އިންފްލޭޝަން 5.54 އިންސައްތައަށް އިތުރުވެ، އިންޑިއާގެ ރިޒާވް ބޭންކުން ކަނޑައަޅާފައިވާ އިންފްލޭޝަން ޓޮލަރެންސް ލިމިޓު ކަމަށްވާ 6 އިންސައްތައާ ވަނީ ގާތްކޮށްފައެވެ.
ވާރޭނުވެހި ފެން ނުލިބޭތީ، އިންޑިއާގެ ދަނޑުވެރިންނަށް ގިނަ ގޮންޖެހުންތަކެއް
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed