ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑާއި ދެކޮޅަށް ބަޔާން މިއުނިކް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ބަޔާން މިއުނިކް ކާމިޔާބުކޮށްފިއެވެ.
އެތުލެޓިކޯ މެޑްރިޑްގެ ރިޔާދު އެއާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި 69 ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވާއިރު މެޗުގެ ފުރަތަމަ ހާފު ނިމުނީ ލަނޑެއް ނުޖެހިއެވެ.
ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 9 ވަނަ މިނިޓުގައި ބަޔާން މިއުނިކްގެ ޒުވާން ކުޅުންތެރިޔާ ލެނާޓް ކާލް ވަނީ ލަނޑެއް ޖަހައި އެތުލެޓިކޯ މެޑްރިޑް ސިއްސުވާލާފައެވެ.
މި މެޗުގައި ބަޔާން މިއުނިކްއިން ޖެހި ދެވަނަ ލަނޑަކީ ދާދި ފަހުން ބަލޮންޑިއޯ އެވޯޑް ހޯދި ހެރީ ކޭން ދިން ޕާހަކުން ކޮންރަޑް ލެއިމާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
ބަޔާން އިން މޮޅު ކުޅުމެއް ދައްކާފައިވާ މި މެޗުގެ ދެވަނަ ހާފުގައި އިތުރު ލަނޑު ޖަހާނެ ފުރުސަތުތައްވެސް ބަޔާން މިއުނިކަށްވަނީ ލިބިފައެވެ. އެގޮތުން ޑަޔޮޓް އުޕަމެކާނޯ ގޯލަށް އަމާޒުކޮށް ފޮނުވާލި ނުރައްކާތެރި ހަމަލާ އެތުލެޓިކޯގެ ގޯލުކީޕަރު އޮބްލަކް ވަނީ މަތަކޮށްފައެވެ.
މި ނަތީޖާއާއެކު ބަޔާން މިޔުނިކަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު4 މެޗުން ލިބިފައިވާ 8 ޕޮއިންޓާއެކު ތާވަލުގެ 8 ވަނަ މަގާމް ލިބިފައެވެ. އެތުލެޓިކޯ މެޑްރިޑަށް ލިބިފައިވާ 4 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 22 ވަނައިގައެވެ.
ބަޔާން މިއުނިކް އަތުން އެތްލެޓިކޯ މެޑްރިޑް ބަލިވެއްޖެ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed