އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު މި އަހަރުގެ ކުރީކޮޅު ވެވުނު ސަލާމަތީ އެއްބަސްވުން، ގްރީންލެންޑުގެ ބަރުލަމާނުން ފާސްކޮށްފިއެވެ. އާކްޓިކް ސަރަހައްދުގައި އޮންނަ މި ޖަޒީރާގެ ގާނޫނުހަދާ މަޖިލީހުގައި ނެގި ވޯޓުގައި، މި އެއްބަސްވުމަށް ތާއީދުކޮށް 16 މެންބަރުން ވޯޓު ދެއްވިއިރު، ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ. އަދި، ހަތް މެންބަރަކު ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވައެވެ.
ސެޕްޓެންބަރު މަހު އެމެރިކާއާއި ޑެންމާކު އަދި ގްރީންލެންޑުން ސޮއިކުރި މި އެއްބަސްވުމުގެ ބޭނުމަކީ، ގުދުރަތީ މުއްސަނދިކަން ލިބިފައިވާ އެ ސަރަހައްދު އެމެރިކާގެ ބާރުގެ ދަށަށް ގެންނަން ޓްރަމްޕް ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން އުފެދުނު ނުތަނަވަސް ކަން ނައްތާލުމެވެ. މި އެއްބަސްވުމުގެ ދަށުން އެމެރިކާގެ އަސްކަރީ ދައުރު ފުޅާވެ، ދެ އަސްކަރީ މަރުކަޒާއި 'ގޯލްޑަން ޑޯމް' މިސައިލް ދިފާއީ ނިޒާމު ގާއިމުކުރުމަށް މަގުފަހިވާނެއެވެ. މިއާއެކު، ޑެންމާކުގެ އިސްތިގުލާލާއި ގްރީންލެންޑުގެ ރައްޔިތުން އަމިއްލަ އިހުތިޔާރު ކަނޑައެޅުމުގެ ހައްގު ކަށަވަރުކޮށްދެއެވެ.
ވެރިރަށް ނޫކްގައި ވޯޓު ނެގުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން، ގްރީންލެންޑުގެ ޚާރިޖީ ވަޒީރު މޫތެ އެގޭޑެ ވިދާޅުވީ މި އެއްބަސްވުން ތަސްދީގުކުރުމަކީ މުހިންމު ފިޔަވަޅެއް ކަމުގައެވެ." ސުލްހައާއި ހަމަޖެހުމަކީ އަބަދު ދެމިއޮންނާނެ ކަންކަން ނޫންކަން އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ،" މަޖިލީހުގެ މެންބަރުންނާ މުހާތަބުކުރައްވައި އެގޭޑެ ވިދާޅުވިއެވެ. މި އަހަރުގެ ޖަނަވަރީ މަހު ޓްރަމްޕް އަސްކަރީ ބާރު ބޭނުންކުރައްވައިގެން ގްރީންލެންޑަށް އަތްގަދަކުރާނެ ކަމުގައި ވިދާޅުވެ ދެއްކެވި ވާހަކަފުޅާއެކު ވިލާތުގެ ގައުމުތަކަށް ވަނީ ބޮޑު ސިހުމެއް ލިބިފައެވެ.
ނަމަވެސް، މިނިވަންކަމަށް ވަކާލާތުކުރާ އިދިކޮޅު ނަލެރާކް ޕާޓީގެ މުގައްރިރު ޕެލެ ބްރޯބާގް ވިދާޅުވީ، މި އެއްބަސްވުމުން އެއްވެސް އިގުތިސާދީ ފައިދާއެއް ނެތް ކަމުގައެވެ. "އަޅުގަނޑުމެން ބޭނުން ވަނީ މިނިވަން ގައުމަކަށް ވާއިރު ފައިދާކުރާނެ އެއްބަސްވުމެއް. އެކަމަކު މި އެއްބަސްވުމުން އެއްވެސް އިގުތިސާދީ މަންފާއެއް ނުލިބޭ،" ބްރޯބާގް ވިދާޅުވިއެވެ. މި ބިލަށް ޑެންމާކުގެ ގާނޫނުހަދާ މަޖިލީހުގައި މި މަހުގެ 11 އަދި 19 ވަނަ ދުވަހު ބަހުސްކޮށް ވޯޓަށް އަހާނެއެވެ. ޑެންމާކުން ފާސްކުރުމުން މި އެއްބަސްވުމަށް އަމަލުކުރަން ފެށޭނެއެވެ.
ޓްރަމްޕާއެކު ވެފައިވާ ސަލާމަތީ އެއްބަސްވުން ގްރީންލެންޑުން ފާސްކޮށްފި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed