މިދިޔަ މަހުގެ 27 ގައި ބޭއްވި ޔަހޫދީންގެ އާންމު އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރުމަށް ތައްޔާރުވަމުންދާއިރު، ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތު އެއްވެސް ފަރާތަކަށް ކަށަވަރުނުވެ، ޔަހޫދީ ދައުލަތުގެ ސިޔާސީ މަސްރަހު ބޮޑު ނުތަނަވަސްކަމެއްގެ ތެރެއަށް ވެއްޓިއްޖެއެވެ.
ވަގުތީ ނަތީޖާތައް ދައްކާގޮތުން، ޔަހޫދީންގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކަނާތުފިޔައިގެ އިއްތިހާދަށް 53 ގޮނޑި ލިބިފައިވާއިރު، ކުރީގެ އަސްކަރީ ވެރިޔާ ގާދީ އައިޒެންކޮޓް އިސްކޮށް ހުރި އިދިކޮޅު އިއްތިހާދަށް ކާމިޔާބުކުރެވުނީ 48 ގޮނޑިއެވެ.
މި އިންތިހާބުގައި، އަރަބި ޕާޓީތައް ކަމަށްވާ 'ޖޮއިންޓް ލިސްޓް' އަދި 'ރަޢާމް' ގުޅިގެން ވަނީ ތާރީހީ ކާމިޔާބީއެއް ހޯދައި، 19 ގޮނޑި ކަށަވަރުކޮށްފައެވެ.
ނަމަވެސް، ނަތަންޔާހޫގެ ޕާޓީން ދަނީ މި ނަތީޖާއަށް ބޭރުގެ ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތުކޮށް، އަރަބި ރައްޔިތުންގެ ވޯޓުތަކުގެ ސައްހަކަމާމެދު ސުވާލު އުފައްދަމުންނެވެ. އަނެއްކޮޅުން، ސަރުކާރެއް އުފެއްދުމަށް މަސައްކަތްކުރާ އިދިކޮޅު އިއްތިހާދަށް އަޣުލަބިއްޔަތު ހޯދެން އޮތީ އަރަބި ޕާޓީތަކާ ނުވަތަ މިހާރުގެ ސަރުކާރާ ހިޔާލުތަފާތުވެފައިވާ ޕާޓީތަކާ ގުޅިގެން ކަމަށްވާތީ، އެފަދަ އިއްތިހާދަކާމެދު އިދިކޮޅު ލީޑަރުންގެ މެދުގައި ވެސް ވަނީ ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.
އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރުމާއެކު، އައު ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު ދޭނެ މެމްބަރަކު ކަނޑައެޅުމުގެ ދުސްތޫރީ ބާރު ޔަހޫދީންގެ ރައީސް އިސްހާގް ހަރޒޮގަށް ލިބޭނެއެވެ.
ނަމަވެސް، އެމެރިކާގެ ސިޔާސީ މަސްރަހަށް އަންނަމުންދާ ބަދަލުތަކާއި، އީރާނާއެކު އަނެއްކާވެސް އަސްކަރީ ކުރިމަތިލުމެއް ހިނގައިފާނެ ކަމުގެ ބިރު ބޮޑުވެފައިވުމަކީ، ސަރުކާރު އެކުލަވާލުމުގެ މި ނާޒުކު މަރުހަލާއަށް އިތުރަށް ހިޔަނިއެޅި، މުޅި މަޝްވަރާތައް ހުއްޓުމަކަށް އަތުވެދާނެ ކަންކަން ކަމުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.
އަގުލަބިއްޔަތު ނުލިބި ނަތަންޔާހޫގެ ސިޔާސީ މުސްތަގުބަލާމެދު ސުވާލު އުފެދިފައި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed