ކައްކަން ބޭނުންކުރާ ގޭސް ފުޅިތަކަށް ގޭސް އަޅައިދޭ މިންވަރަށް؛ 7 ނޮވެންބަރުން ފެށިގެން ވަގުތީ ބަދަލެއް ގެނައުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް ގޭސްއިން ވިދާޅުވެއްޖެެއެވެ.

މިމަހުގެ 7ވަނަ ދުވަހުން ފެށިގެން ގޭސްއަޅައިދޭ މިންވަރަށް ގެންނަ ބަދަލުގައި، މީގެ ކުރިން 10 ކިލޯގެ ގޭސް ފުޅިއަށް އަޅަމުންދިޔަ މިންވަރު 7 ކިލޯއަށް ބަދަލުކުރުމަށްވަނީ ނިންމާފައެވެ. އަދި 22 ކިލޯގެ ގޭސް ފުޅިއަށް އަޅައިދޭ މިންވަރު 14 ކިލޯއަށް، 45 ކިލޯގެ ފުޅިއަކަށް އަޅައިދޭ މިންވަރު 31 ކިލޯއަށް ބަދަލުކުރުމަށްވަނީ ނިންމާފައެވެ.

މި ބަދަލާއެކު ގޭހުގެ އަގު ބޮޑުނުވާނެ ކަމަށާއި، އާންމުންގެ އަތުން ފައިސާ ނަގާނީ ކުރިންވެސް އޮންނަ އުސޫލުން، ފުޅިއަށް އެޅޭ ގޭހުގެ ބަރުދަނަށް މިހާރުވެސް ކަނޑައެޅިފައިވާ ކިލޯ ރޭޓުން ކަމަށް މޯލްޑިވް ގޭސްއިން ވިދާޅުވެއެވެ.

ހޮނިހިރުދުވަހުން ފެށިގެން ކައްކާ ގޭސް އަޅައިދޭ މިންވަރަށް ބަދަލު ގެންނަނީ
ހޮނިހިރުދުވަހުން ފެށިގެން ކައްކާ ގޭސް އަޅައިދޭ މިންވަރަށް ބަދަލު ގެންނަނީ
ފޮޓޯ؛ މޯލްޑިވްސް ގޭސް

މޯލްޑިވްސް ގޭސްއިން އިން ވިދާޅުވީ މިބަދަލު ގެންނަނީ ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު އުފުލ،ި ރާއްޖެއަށް ގޭސް އެތެރެކުރުމުގައި ދިމާވެފައިވާ ދަތިތަކާއި ގުޅިގެނ،ް މިޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައިކަމަށެވެ.

ރާއްޖޭގައި ގޭސް ރައްކާ ކުރެވޭ މިންވަރު އިތުރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ކުރަމުން އަންނަކަމަށާއި، މިމަޝްރޫޢު ނިމުމުން 3 މަސް ދުވަހުގެ ގޭސް އެއްފަހަރާ ރައްކާ ކުރެވި މިކަމަށް ދާއިމީ ހައްލެއް ލިބޭނެކަމަށް މޯލްޑިވްސް ގޭސްއިން ވިދާޅުވެއެވެ.

މިބަދަލުގެ ސަބަބުން ކަސްޓަމަރުންނަން ދިމާވެދާނެ ދަތިތަކަށްޓަކައި މޯލްޑިވްސް ގޭސްއިން ވަނީ މަޢާފަށް އެދިފައެވެ.