އަހަރަކު 3.8 ބިލިޔަން ޑޮލަރުގެ އެމެރިކާގެ އަސްކަރީ އެހީ މި އަހަރު ނިމުމުގެ ކުރިން ކަނޑާލާނެކަން ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނުކުރެއްވުމާ ގުޅިގެން، ޔަހޫދީ ދިފާއީ ވުޒާރާއަށާއި އަސްކަރިއްޔާއަށް ބޮޑު ސިހުމެއް ލިބި، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ސިޔާސީ ގޮތުން ބޮޑެ ހާސްކަމަކާއި ކުރިމަތިލާން ޖެހިއްޖެއެވެ.
އިދިކޮޅު އިސް ލީޑަރެއް ކަމަށްވާ ގަދީ އައިޒެންކޮޓް ވިދާޅުވީ، ދިފާއީ ގޮތުން ނިންމާ މިފަދަ ނާޒުކު އަދި ބޮޑު ނިންމުމެއްގެ މައުލޫމާތު މީޑިއާގެ ޒަރީއާއިން އިދާރާތަކަށް އެނގެން ޖެހުމަކީ ޤައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި، މިކަމުން ދޭހަވަނީ ނަތަންޔާހޫގެ ސަރުކާރަށް އޮތް އިތުބާރު އެއްކޮށް ގެއްލިފައިވާ މިންވަރު ކަމަށެވެ.
ޑިމޮކްރެޓްސް ޕާޓީގެ ލީޑަރު ޔަޔަރ ގޮލަން ފާހަގަކުރެއްވި ގޮތުގައި މިއީ ސިޔާސީ ގޮތުން ލިބުނު ބޮޑު ނާކާމިޔާބީއެކެވެ. އަދި މި ނިންމުމުގެ ސަބަބުން އަސްކަރީ ބޭނުންތައް ފުއްދުމަށްޓަކައި އުފުލަންޖެހޭ މާލީ ބުރަ ސީދާ އާންމު ރައްޔިތުންގެ ކަރަށް ފެތިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
2016 ވަނަ އަހަރު ވެވުނު 10 އަހަރު ދުވަހުގެ އެއްބަސްވުމުގެ ދަށުން، 2028 ވަނަ އަހަރާ ހަމައަށް ޖުމްލަ 38 ބިލިޔަން ޑޮލަރުގެ އަސްކަރީ އެހީ ދިނުމަށް އެމެރިކާއިން އެއްބަސްވެފައި އޮތް ނަމަވެސް، މި އެހީ ކުއްލި ގޮތަކަށް މެދުކަނޑާލުމަކީ ދިފާއީ ބަޖެޓަށާއި ހަތިޔާރު ހޯދުމުގެ ޤާބިލުކަމަށް ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ޔަހޫދީންގެ ސިޔާސީ މަސްރަހު ނުހަނު ހޫނުވެފައިވާއިރު، ރަސްމީ އިންތިހާބީ ނަތީޖާ އިއުލާނުކުރުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ. ޖުމްލަ 120 މެންބަރުންގެ މައްޗަށް އެކުލެވޭ މަޖިލީހުގެ ގެ އައުލަބިއްޔަތު އެއްވެސް ފަރާތަކަށް ސާފުކޮށް ލިބިފައެއް ނުވެއެވެ.
ނަތަންޔާހޫގެ ކޯލިޝަނަށް 53 ގޮނޑި ލިބިފައިވާއިރު، އިދިކޮޅު ޕާޓީތަކަށް ލިބިފައިވަނީ 48 ގޮނޑިއެވެ. އަދި އަރަބި ޕާޓީތަކުން 19 ގޮނޑި ކާމިޔާބުކޮށްފައިވެއެވެ. އެހެންކަމުން، ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އައުލަބިއްޔަތު ހޯދުމަށްޓަކައި، އިދިކޮޅު ފަރާތްތަކަށް އަރަބި މެންބަރުންގެ ތާއީދާއި އެއްބާރުލުން ހޯދުން މިހާރު ވަނީ މަޖުބޫރުވެފައެވެ.
އެމެރިކާގެ މާލީ އެހީ ކަނޑާލުމުން ޔަހޫދީންނަށް ހައިރާންކަން
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed