ލިވަރޕޫލްގެ ކުރީގެ ކުޅުންތެރިޔާ ޑާކް ކައުޓް ފެނަބާޗޭ ގޮވައިގެން ނިކުމެ ކުރީގެ ކްލަބް ބަލިކޮށްފިއެވެ. ޗެމްޕިއަންސް ލީގުގައި ފެނަބާޗޭ އިން އަމިއްލަ ދަނޑުގައި ލިވަޕޫލް ބަލިކުރީ 3-2 ނެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑް ނެގީ ލިވަޕޫލުންނެވެ. ލިވަޕޫލަށް ލީޑް ނަގައިދިނީ ނުޔޯނީ އެވެ. އެކަމަކު އޭގެ ތިން މިނިޓްފަހުން ގްރީންވުޑް ލަނޑު ޖަހާ ފެނަބާޗޭ އަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. މެޗުގައި ލިވަރޕޫލުން ދެވަނަ ފަހަރަށްވެސް ކުރި ހޯދިއެވެ. ދެވަނަ ފަހަރަށް ކުރިހޯދައިދިނީ 69 ވަނަ މިނިޓްގައި އިސާކްއެވެ. ފެނަބާޗޭ އިން ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކުރީ އޭގެ ތިން މިނިޓްފަހުން ބްރައުން ޖެހި ލަނޑުންނެވެ. މެޗުން ފެނަބާޗޭ މޮޅުކޮށްދިނީ 79 ވަނަ މިނިޓްގައި މުރީކީ އެވެ.
ފެނަބާޗޭ ކޯޗު ޑާކް ކައުޓް އަކީ 200 އަށްވުރެ ގިނަ މެޗު ލިވަޕޫލަށް ކުޅެދިން ކުޅުންތެރިއެކެވެ. އޭނާ ލިވަޕޫލަށް ކުޅުނީ 2006-2012 އަށެވެ. ފެނަބާޗޭގެ ކޯޗުކަމުގައި ހުރީ ވަގުތީ ކޯޗެއްގެ ގޮތުގައެވެ. މެޗަށްފަހު އޭނާ ބުނީ އަޖައިބެއްފަދަ ނަތީޖާއެއް ނެރެން ބައިވެރިވި އޭނާގެ މުޅި ޓީމަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި އޭނާގެ ކުޅުންތެރިން ދެއްކި ކުޅުމާއި ހިތްވަރަށް ތައުރީފް ކުރިއެވެ. އޭނާ ބުނީ ލިވަޕޫލުން އަތުން އޭނާގެ ޓީމް މޮޅުވާނެ ކަމަށް ގިނަބަޔަކު އުއްމީދު ނުކުރާނެ ކަމަށެވެ. އެކަމަކު މެޗުގެ ކުރިންވެސް މޮޅުވުމުގެ ފުރުޞަތު އޮތްކަން ފާހަގަކުރިކަމަށް ކޯޗު ބުންޏެވެ. އޭނާ ބުނީ މިއީ ފަސޭހަ މޮޅެއް ނޫން ކަމަށާއި, އަދި ނަސީބު މޮޅެއްވެސް ނޫން ކަމަށެވެ.
ޑާކް ކައުޓް ފެނަބާޗޭ ގޮވައިގެން ނިކުމެ ކުރީގެ ކްލަބް ލިވަޕޫލް ބަލިކޮށްފި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed