ދިވެހިރާއްޖެ އިން ވިއެޓްނާމްއަށް ކަނޑައެޅުއްވި އާ ނޮން-ރެޒިޑެންޓް ސަފީރު މަރްޔަމް މިދްފާ ނަޢީމް ސަފީރުކަމުގެ ފަތްކޮޅު ވިއެޓްނާމްގެ ކޮމިއުނިސްޓް ޕާޓީގެ ޖެނެރަލް ސެކްރެޓެރީ އަދި ރައީސް ޓޯ ލާމް، އަށް އަރުވައިފިއެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އިއްޔެ ހަނޯއީ ގައެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި، ވިއެޓްނާމްގެ ރައީސް ޓޯ ލާމް ފަތްކޮޅު އެރުވި ސަފީރުންނަށް މަރުހަބާ ވިދާޅުވެ އެބޭފުޅުންގެ މަސައްކަތް ކުރިއަށް ގެންދެވުމުގައި ވިއެޓްނާމް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
ސަފީރު މަރްޔަމް މިދްފާ ނަޢީމްވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުންނާއި ދިވެހި ސަރުކާރާއި އަދި ރައްޔިތުންގެ ފަރާތުން ވިއެޓްނާމްގެ ރައީސް އާއި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުން އަރިސްކުރައްވާފައެވެ.
ދިވެހިރާއްޖެއާއި ވިއެޓްނާމާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 18 ޖޫން 1975 ވަނަ އަހަރުއެވެ.
ރާއްޖެއިން ވިއެޓްނާމަށް ކަނޑައެޅުއްވި ސަފީރު ފަތްކޮޅު އަރުވައިފި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed