ޓްރާންސް މޯލްޑިވިއަން އެއަރވޭސްގެ ސީޕްލޭނެއް ދިޔަވެ، އަޑިއަށް ދާން ފަށައިފިއެވެ.

މި ބޯޓު އަޑިއަށް ދާން މެދުވެރި ސީދާ ސަބަބެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް މި ހާދިސާ ހިނގާފައިވަނީ، އެމްއޭސީއެލް ނޫވިލު ސީޕްލޭން ޓާމިނަލުގެ ފަޅުތެރެއިންނެވެ. ހާދިސާ ހިނގަން މެދުވެރިވީ، ބޯޓުގެ ކަނދުފައްޗަށް ގެއްލުން ލިބިގެން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުން، ބޯޓު ދިޔަވާން ފެށުމުން ބޯޓު ވަނީ ފާލަމާއި ގާތް ކޮށްފައެވެ.

ބޯޓުގައި ބައެއް މީހުން ތިބި ކަމަށް ރިޕޯޓު ކޮށްފައިވެއެވެ. ނަމަވެސް މިހާދިސާގައި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ވެފައިވާ ނުވާކަމަށް މައުލޫމާތު ލިބެއެވެ.

އެސަރަހައްދުގައި އެއާޕޯޓުގެ އެމެޖެންސީ ޓީމުތަކުން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއޭސީއެލްއިން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް ހާދިސާގެ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

އެމްއޭސީއެލްއިން ވަނީ، ވޯޓަރ ރަންވޭ މިހާރުވެސް ބޭނުންކުރަމުންދާކަމުގެ ޔަޤީންކަން ދީފައެވެ.