ވޭސްޓް މެނޭޖްމަންޓް ކޯޕްރޭޝަން ލިމިޓެޑް (ވެމްކޯ) ގެ ކުރީ ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝަހީދު އިބްރާހިމަށް އޭނާ ކުރިން ހުރި މަޤާމާއި އެއްވަރުގެ މަޤާމެއް ދިނުމަށް ނިންމައިފި އެވެ.

މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަޤާމަށް ގއ. ދެއްވަދޫ، ނަސްރީނުވިލާ އަލްފާޟިލް ޝަހީދު އިބްރާހިމް އައްޔަންކުރިކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ހާމަކުރީ އާދިއްތަ ދުވަހު އެވެ. ރާއްޖެއެމްވީ އަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ހޯމަ ދުވަހު ބާއްވާ ޕޯސްޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބައްދަލުވުމުގައި އޭނާ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ވެމްކޯގެ ޑީއެމްޑީގެ މަޤާމަށް ޝަހީދު ޢައްޔަނު ކުރަށްވާފައިވަނީ 2024 ވަނަ އަަހރުގެ އެޕްރީލް މަހުގަ އެވެ. ނަމަވެސް އެ މަޤާމަށް އޭނާ އައްޔަންކުރިތާ އެންމެ އަށް މަސް ދުވަސް ތެރޭ އޭނާ އެ މަޤާމުން ވަނީ ވަކިކޮށްފަ އެވެ. ޝަހީދު އަކީ ސިޔާސީ ދާއިރާ އަށް ނުކުންނެވުމުގެ ކުރިން އެމްއެންޑީއެފްގައި މަަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ޕީއެންސީގެ ސެނެޓުގެ ކައުންސިލް މެމްބަރެއްގެ މަގާމު އަދާކުރައްވާފައިވާ ޝަހީދު އަކީ މި ވެރިކަން ގެނައުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅުކެވެ. ވެމްކޯގައި އޭނާ ހުރި މަޤާމުން ކުއްލިއަކަށް ވަކި ކުރިތާ އަހަރެއްހާ ދުވަސް ފަހުން އޭނާ އަށް އިތުރު މަޤާމެއް ދީފައިވާ އިރު، ޝަހީދު ވެމްކޯގެ ޑީއެމްޑީގެ މަގާމުން ވަކިކުރި ސަބަބު މިއަދާއި ހަމައަށް ވެސް ހާމަކޮށްފަ އެއް ނުވެ އެވެ.