މީގެ 4 މަސް ދުވަސް ކުރިން ބިންގާ އެޅި، ހދ. ކުމުންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ނުފެށި ބިންގާ ވެސް އޮތި ވެއްޓޭ ހިސާބު ގައި ކަމަށް އެރަށު ކައުންސިލްގެ ރައީސް އަމީން މުހައްމަދު ވިދާޅުވެއްޖެ އެވެ. 

ކުމުންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން
ކުމުންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން

މި ސެންޓަރުގެ ބިންގާ އެޅި ފަހުން 4 މަސް ދުވަސް ފާއިތުވެގެން ގޮސްފައި ވާއިރުވެސް، އެއްވެސް މަސައްކަތެއް ކުރިޔަށް ނުދާކަމަށް އަމީން ފާހަގަކުރެއްވި އެވެ. 

މި ސެންޓަރުގެ ބިންގާ އަޅާފައިވަނީ ރައީސް މުޢިއްޒު ތިލަދުންމަތީ ދެކުނުބުރިއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު އާއި މަކުނުދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އާދަމް ޝަފީގުގެ އިތުރުން އެ ރަށު ކައުންސިލްގެ ރައީސް އަމީން މުޙައްމަދު އެވެ.

 ކުމުންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން

ކުމުންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން

ސަރުކާރުގެ ފަރާތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އާ ހަވާލުކޮށްގެން ކުރިއަށްގެންދަން ނިންމާފައިވާ މި ސެންޓަރުގެ މަސައްކަތް 2026 ވަނަ އަހަރު ފެށުމުގެ ކުރިން ނިންމުމަށް މަސައްކަތް ކުރާ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި އައުޓްޑޯ ޖިމްތައް އެޅުމުގެ މަސައްކަތް 2026 ވަނަ އަހަރުގެ ކުރިން ނިންމާލުމުގެ މަސައްކަތް ކުރިޔަށް ދާކަމުގަ އެވެ. 

ނަމަވެސް މިއަދާ ހަމައަށް ވެސް މިއިން އެއްވެސް ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއްގެ މަސައްކަތް އެކަށީގެންވާ ގޮތަކަށް ކުރިޔަށް ނުދާ ކަމަށް ރަށްރަށުގެ ކައުންސިލް ތަކުން ފާހަގަކުރެ އެވެ. ރައީސް މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ވީ އިރު ދިވެހިރާއްޖޭގެ އެއްވެސް ހިސާބެއްގައި ހަގީގީ މާނައި ގައި ތަރައްގީގެ އެއްވެސް މަޝްރޫއެއް ކުރިޔަށް ނުދާ ކަމަށް ގިނަ ރައްޔިތުން ދަނީ ފާހަގަކުރަމުންނެވެ.