އެއް ފަހަރާ ފައިސާ ގެ އެހީ ދޭ ގޮތަށް ހަމަޖައްސާ އެކުލަވާލި  މީޑިއާ ގްރާންޓްގެ އާ އުސޫލުގެ ދަށުން 41 މީޑިއާ އަކަށް އެހީ ދިނުމަށް ނިންމައިފި އެވެ. 

މިދިޔަ ހަފްތާ ގެ ބުރާސްފަތި ދުވަހު އާއްމު ކުރި އާ އުސޫލުގައި ބުނެފައި ވަނީ ރަޖިސްޓަރީ ކޮށްގެން ހިންގާތާ އަހަރު ދުވަސްވެފައިވާ ހުރިހާ މީޑިއާއަކަށް އެހީދިނުމަށް ނިންމާފައިވާ ކަމަށެވެ. އާ އުސޫލުގެ ދަށުން މީޑިއާ ގްރާންޓަށް އެދި ހުށަހަޅަން ދިނީ 3 ދުވަހުގެ މުއްދަތެކެވެ. އެއީ ޑިސެމްބަރ 25 އިން 28 ގެ ނިޔަލަށެވެ. 

އެހީ އަށް އެދި ކުރިމަތިލުމަށް ދިން މުއްދަތު ހަމަވިތާ 2 ދުވަސް ތެރޭގައި އަވަސް އަރުވާލައިގެން މޯލްޑިވް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އިން މި ވަނީ އެހީ ލިބޭ މީޑިއާތައް ހާމަކޮށްފަ އެވެ. އެންމެ ގިނައިން ޕޮއިންޓް ލިބޭ މީޑިއާ އަކީ 99 ޕޮއިންޓު ލިބުނު ސަންގު އެވެ. ވަގުތު ނޫހަށް 98 ޕޮއިންޓް ލިބުނު އިރު ސަން އަށް ލިބުނީ 97 ޕޮއިންޓެވެ. 

މީޑިއާ ތަކަށް ޕޮއިންޓް ލިބުނު ގޮތް

  • ހަފްތާ - 77 ޕޮއިންޓް
  • ދިޔަރެސް - 83 ޕޮއިންޓް
  • އިމޭޖަސް އެމްވީ - 71 ޕޮއިންޓް
  • ދުވަސް - 79 ޕޮއިންޓް
  • އިރުވަރު - 78 ޕޮއިންޓް
  • ތިލަދުން - 83 ޕޮއިންޓް
  • އައިސް ޓީވީ - 92 ޕޮއިންޓް
  • އައްޑޫ ލައިވް - 75 ޕޮއިންޓް
  • ނިއުސް - 79 ޕޮއިންޓް
  • ހަބަރު އޮންލައިން - 80 ޕޮއިންޓް
  • އަސްލު - 86 ޕޮއިންޓް
  • ވަން އޮންލައިން - 91 ޕޮއިންޓް
  • ކޯޕަރޭޓް މޯލްޑިވްސް މެގަޒިން - 88 ޕޮއިންޓް
  • ޖަޒީރާ ނިއުސް ހަބް - 79 ޕޮއިންޓް
  • ދިވެހި ޗެނަލް - 87 ޕޮއިންޓް
  • މިހާރު އޮންލައިން - 94 ޕޮއިންޓް
  • މުނިއަވަސް އޮންލައިން - 83 ޕޮއިންޓް
  • ވަގުތު - 98 ޕޮއިންޓް
  • ހަލި ނިއުސް - 86 ޕޮއިންޓް
  • ގާފު އޮންލައިން - 86 ޕޮއިންޓް
  • ދެން އޮންލައިން - 83 ޕޮއިންޓް
  • ރާއްޖެ 24 - 66 ޕޮއިންޓް
  • އޭދަފުށި ޓައިމްސް - 69 ޕޮއިންޓް
  • ހަމަ ނިއުސް - 71 ޕޮއިންޓް
  • މާދަމާ ނިއުސް - 63 ޕޮއިންޓް
  • ވޮއިސް - 88 ޕޮއިންޓް
  • މާލެ ޓައިމްސް - 74 ޕޮއިންޓް
  • ތީރު މީޑިއާ - 77 ޕޮއިންޓް
  • ފިޔަ އޮންލައިން - 80 ޕޮއިންޓް
  • އެމްވީ ޕްލަސް - 87 ޕޮއިންޓް
  • ނާރެސް - 73 ޕޮއިންޓް
  • ސަންގު އޮންލައިން - 99 ޕޮއިންޓް
  • ސަން އޮންލައިން - 97 ޕޮއިންޓް
  • ވީނިއުސް - 86 ޕޮއިންޓް
  • ކުޅުދުއްފުށި އޮންލައިން - 75 ޕޮއިންްޓް
  • ދަ އެޑިޝަން - 79 ޕޮއިންޓް
  • ފަރަގު - 80 ޕޮއިންޓް
  • ދަ ޕްރެސް - 84 ޕޮއިންޓް
  • ދައުރު - 89 ޕޮއިންޓް
  • ހުވަދޫ މީޑިއާ - 68 ޕޮއިންޓް
  • މޯލްޑިވްސް ބިޒްނަސް ރިވިއު - 71 ޕޮއިންޓް

30 އޮކްޓޯބަރ 2025ގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދޭން ނިންމި ނަމަވެސް އެކަން އިއުލާން ކުރިތާ 24 ގަޑި އިރު ނުވަނީސް އެ ނިންމުން ކެންސަލްކޮށްފައި ވެ އެވެ. އޭރު އުސޫލު އެކުލަވާލި ގޮތަށް ބަލާ އިރު މީޑިއާތަކަށް ފަންޑު ދޭން ނިންމި ޔޫތް މިނިސްޓްރީ ގެ ވަޒީރު، އިބްރާހިމް ވަހީދު ގެ މަސްލަހަތު ހިމެނޭ މީޑިއާ އަށް އެންމެ ގިނައިން ފައިސާ ލިބޭ ގޮތަށް ނިންމާފައިވެ އެވެ.

އާ އުސޫލުގައި އެހީ ލިބުމުގެ އެއް ޝަރުތަކީ ޖެނުއަރީ 2024 އިން ފެށިގެން ރަޖިސްޓަރީކޮށް، ލައިސަންސް އާއި އެކު މެދުކެނޑުމެއް ނެތި ހިންގާ ތަނަކަށް ވުމެވެ. މާކްސް ދިނުމުގައި ބަލާފައި ވަނީ ހަމަޖެހިފައި ވަނީ މީޑިއާ ގެ އުމުރާއި، މުވައްޒަފުން ގެ އަދަދު ހިމެނެ އެވެ. މި މަރުހަލާ މިހާ އަވަސް އަރުވާލައިގެން ގެންދިޔަ ސަބަބާއި މެދު އާއްމުން ސުވާލު އުފައްދަ އެވެ.