ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އެއް ދައުރުން ބޭރުން ބާއްވާ ގޮތައް ހަމަ ޖައްސައިފި އެވެ.

މަޖިލީހުގެ އިދާރާ އިން ބުނެފައިވަނީ މަޖިލީހުގެ ގަވައިދުގެ 45 ވަނަ މާއްދާގެ ރ. ގެ ދަށުން ދައުރުން ބޭރުގެ ޖަލްސާ އެއް ނުވަތަ ޖަލްސާ ތަކެއް ބާއްވައި ދިނުމަށް އެދި ހުށަހެޅުމެއް ލިބިފައިވާ ކަމަށެވެ.

މަޖިލީހުގެ އިދާރާ އިން ނިންމާފައިވަނީ 5 ޖެނުއަރީ ވާ ހޯމަ ދުވަހު ޖަލްސާ ބޭއްވުމަށް ކަމަށް ވަނީ ބުނެފަ އެވެ.

ޖަލްސާގެ އެޖެންޑާ އަދި މިހާތަނަށް ހާމަކޮށްފައި ނުވާ އިރު ފަހުން މެމްބަރުންނަށް އެޖެންޑާ ފޮނުވާނެ ކަމަށް ވަނީ ބުނެފަ އެވެ.