މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ޕްރައިމަރީ އިންތިޚާބު 2026 ގެ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ގެނެވުނު ބަދަލުތަކަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ. 

އެމްޑީޕީ އިން ބުނީ ވޯޓަރސް ލިސްޓަށް ހުށަހެޅުނު ޝަކުވާ އާއި ރީ-ރަޖިސްޓްރޭޝަން އާއި ގުޅިގެން ގެނެވުނު ބަދަލުތަކަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު، 07 ޖަނަވަރީ 2026 ވާ ބުދަ ދުވަހުގެ 16:00 އާއި ހަމައަށް ހުޅުވާލެވިފައިވާ ކަމަށެވެ. އަދި ކުރިން ހުށައަޅާފައި ނުވާ އައު ޝަކުވާ ބަލައިނުގަންނާނެ ކަމަށް އެ ޕާޓީ އިން ވަނީ ބުނެފަ އެވެ. 

16 ޖެނުއަރީގައި އޮންނަ އެމްޑީޕީ ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީގެ ޕްރައިމަރީ އަށް އޮފިޝަލުންނަށް ވުމަށް ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ. އެކަމަށް ޝައުގުވެރިވާ އެ ޕާޓީގެ މެންބަރުން ގޫގުލް ފޯމް މެދުވެރިކުރައްވާ 05 ޖަނަވަރީ 2026 ވާ ހުކުރު ދުވަހުގެ 16:00ގެ ކުރިން ހުށަހެޅުމަށް ޕާޓީން ވަނީ އެދިފަ އެވެ.

ޕްރައިމަރީ ގެ ވޯޓުލުން ކުރިއަށް ދާނީ ޖެނުއަރީ 16 ވާ މެންދުރު ފަހު 2:30 އިން ރޭގަނޑު 08:00 އަށެވެ. 

ކުރިއަށް އޮތް ކައުންސިލު އަދި ޑަބްލިޔުޑީސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންގެ ގޮތުގައ އިންތިޚާބުގައި ވާދަ ކުރުމަށް ކައުންސިލް އިންތިޚާބަށް 510 އަށް ވުރެ ގިނަ ކެނޑިޑޭޓުން، ޑަބްލިއުޑީސީ އަށް 190 އަށް ވުރެ ގިނަ ކެނޑިޑޭޓުން ހުށަހަޅާފައިވެ އެވެ.

ޕްރައިމަރީއަކާއި ނުލާ ހޮވޭ ފަރާތްތަކަށް އެކަން ޕާޓީ އިން ދަނީ އަންގަމުންނެވެ. މާލޭގައި 17 ދާއިރާ އެއްގައި ޕްރައިމަރީ ކުރިއަށް ގެންދާނެ އެވެ. އެންމެ ގިނަ އަދަދެއްގެ ބަޔަކު ޕްރައިމަރީގައި ވޯޓު ލަނީ މާލެ އަށް ކަން ފާހަގަކޮށްލެވެ އެވެ.

ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ގެނެވުނު ބަދަލުތަކަށް ޝަކުވާ ހުށަހަޅާ ލިންކް:   https://forms.gle/MAvjnmbVrUaqduEKA