މާލެ ސިޓީ ކައުންސިލްގެ މިހާރުގެ މެންބަރު މުހައްމަދު ސައިފް ފާތިހު (އައިއްކޮ) އާއި ވާދަކޮށް، މައްޗަންގޮޅި އުތުރު ދާއިރާގެ އެމްޑީޕީ ޓިކެޓް ހަދީޖާ މުހައްމަދު (ހައްޖަ) ކާމިޔާބު ކޮށްފި އެވެ.

ހުކުރު ދުވަހު ކުރިއަށް
ދިޔަ އެމްޑީޕީގެ ޕްރައިމަރީ ގައި ހައްޖަ، އައިއްކޮގެ މައްޗަށް ކުރި ހޯދީ 85 ވޯޓާ އެކު
އެވެ. އައިއްކޮ އަށް ލިބުނީ 32 ވޯޓެވެ.

މައްޗަންގޯޅި އުތުރު، ކައުންސިލް މެންބަރު ނަތީޖާ ޝީޓް
ހައްޖަ ޕްރައިމަރީ ކާމިޔާބު ކުރުމުން، އައިއްކޮ ވަނީ ޕްރައިމަރީ ކެމްޕެއިން ގެ ވާދަވެރިކަން އެކަހެރިކޮށް، ޑިމޮކްރަސީ ގެ ރީތި ނަމޫނާ ދައްކަވާ ހައްޖަ އަށް މަރުހަބާ ކިޔާފަ އެވެ.
އައިއްކޮ އަކީ އެ ދާއިރާގެ އެމްޑީޕީގެ ޓިކެޓުގައި
މާލެ ސިޓީގެ މެންބަރުކަމަށް ހޮވުނު ކައުންސިލަރެވެ. ނަމަވެސް އެމްޑީޕީ ތެރޭގައި އުފެދުނު
ހިޔާލު ތަފާތުވުން ތަކާއެކު އޭނާ ފަހުން ޑިމޮކްރެޓްސް އަށް ބަދަލުވި އެވެ.
ނަމަވެސް ފަހުން
އެމްޑީޕީ އިން ވަކިވެގެން ދިޔަ ފަރާތްތަކާއެކު އޭނާ ވަނީ އަލުން އެމްޑީޕީ އާ ގުޅިފަ އެވެ.
ހުކުރު ދުވަހުގެ ޕްރައިމަރީ އަށް ފަހު އެމްޑީޕީ ގެ ހުރިހާ މެންބަރުން ވެސް މޮޅުވި ކެނޑިޑޭޓުން ގެ ފަހަތަށް އަރާ، އެކަތި ގަނޑަކަށް ވެގެން ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކަމިޔާބު ކުރުމަށް މަސަައްކަތް ކުރުމަށް ރައީސް ސޯލިހު އަދި ރައީސް ނަޝީދު ވެސް ވަނީ ގޮވާލައްވާފަ އެވެ.