ހަތަރު މީހުންނާއެކު ދަތުރުކުރި މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައި، ދެ މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް އެތަނުން އެކަކު މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މަރުވެފައި އޮއްވާ ފެނިފައިވަނީ ދިވެހި މީހާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.
ފުލުހުން މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައި ބުނީ، ހަތަރު މީހުންނާއެކު ދަތުރުކުރަމުންދިޔަ "ބަލްމާ 6" ނަމަކަށް ނިޔާ މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލާފައިވާކަމުގެ މައުލުމާތު އާދިއްތަ ދުވަހުގެ ހެނދުނު 07:27 ހާއިރު ލިބިފައިވާ ކަމަށެވެ. އެ ދޯނި ބަންޑުން ޖަހާލާފައިވަނި ކ. ވާދޫ ކައިރިއަށް ކަމަށް ފުލުހުން އިން ބުންޏެވެ.
ފުލުހުން ބުނީ، އެ ދޯނިން ދަތުރުކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހަކު ވަނީ އެ ސަރަހައްދުން ދަތުރު ކުރި ދޯންޏަކަށް ނަގާފައި ކަމަށާއި އަނެއް ދެމީހުން އޭރު ފެނިފައި ނުވާ ކަމަށެވެ. އަދި އެއީ ދިވެއްސަކާ ބިދޭސީއެއް ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
މީގެ އިތުރުން ފުލުހުން ބުނީ އެ ދޯނި ބަނޑުން ޖަހާލި ސަރަހައްދުގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.
ނަމަވެސް މިހާރު 2 މީހުންގެ ތެރެއިން ދިވެހި މީހާ މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ.