ކައުންސިލް އިންތިޚާބުގައި ކެނޑިޑޭޓުންނަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ޤާނޫނާއި ޚިލާފު ޝަރުތުތަކެއް ކުރިމަތި ކުރުވާފައި ކަމަށާއި އެކަން ބަދަލު ނުކުރާ ނަމަ ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންއެފް) އިން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނާއި ޕީއެންއެފް އިން ބައްދަލުކުރުމަށް ފަހު، ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ 20.01.2026
އިލެކްޝަންސް ކޮމިޝަނާއި ޕީއެންއެފް އިން ބައްދަލުކުރުމަށް ފަހު، ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ 20.01.2026

ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު އެފަދައިން ވިދާޅުވީ އަންގާރަ ދުވަހު އިލެކްޝަންސް ކޮމިޝަނާއި އެ ޕާޓީގެ ފަރާތުން ބައްދަލުކުރުމާއި ގުޅޭ ގޮތުން ރާއްޖެ އެމްވީ އަށް މައުލޫމާތުދެއްވަމުންނެވެ.

އޭނާ ވިދާޅުވީ ހަމައެކަނި އޮންލައިންކޮށް ކެނޑިޑޭޓުންނަށް ފޯމު ހުށަހެޅޭ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނަށް ގޮސްގެން ފޯމު ހުށަހެޅުމުގެ މަސައްކަތް ކުރެވޭނެ މަގު އިލެކްޝަންސް ކޮމިޝަނުން ފަހިކޮށްދޭން ޖެހޭނެ ކަމަށާއި އެއީ ކުރިއަރާފައިވާ މުޖުތަމައުތަކުގައި ވެސް އަމަލުކުރާ ގޮތް ކަމަށް މަލީހު ވިދާޅުވި އެވެ. 

"ޕެރެލެލްކޮށް އޮންލައިން އަދި މެނުއަލްކޮށް ފޯމު ލެވެން ޖެހޭނެ. އެއީ ކުރިއަރާފައިވާ މުޖުތަމައުތަކުގައި އަމަލުކުރާ ގޮތަކީ. އަދި ކެނޑިޑޭޓުންނަށް މި އަންގަނީ އީފާސް އޮންނަން ޖެހޭނެ ކަމަށް. އެއީ ނެތް ޝަރުތެއް، ޤާނޫނުގައި ނުބުނާ ޝަރުތެއް އީސީ އިން ކުރިމަތިކުރުވުން." މަލީހު ވިދާޅުވި އެވެ. 

އިލެކްޝަންސް ކޮމިޝަނާއި ޕީއެންއެފް އިން ބައްދަލުކުރުމަށް ފަހު، ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ 20.01.2026

އިލެކްޝަންސް ކޮމިޝަނާއި ޕީއެންއެފް އިން ބައްދަލުކުރުމަށް ފަހު، ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ 20.01.2026

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު ވިދާޅުވީ ޕީއެންއެފުން ވާނީ އިލެކްޝަންގެ މެމްބަރުންނާ ބައްދަލުކޮށް ދެ ކަމެއް ހުށަހަޅާފައި ކަމަށެވެ. އެއީ އީފާސް ޝަރުތެއްގެ ގޮތުގައި އޮތުމަށް ބަދަލު ގެނައުމާއި މިނިވަން ކެންޑިޑޭޓުންނަށް ތާއީދުކުރާ 50 މީހުންގެ ފޯމު މެނުއަލްކޮށް ފުރައިގެން ހުށަހެޅުމަށް ފުރުސަތު ދިނުމެވެ. ޖަމީލް ވަނީ މިހާރު އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރާ ގޮތުން ވަރަށް ބޮޑު ޤާނޫނީ އޮޅުމަކަށް ކަންކަން ހިނގައިދާނެ ކަމަށް ވިދާޅުވެފަ އެވެ. 

"އެ ކަމަކީ ޤާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން. ހަމައެކަނި އޮންލައިންކޮށް ހުށަހެޅޭނެ ގޮތަށް ހެދުން. އަޅުގަނޑު ޤަބޫލުކުރަނީ އިލެކްޝަންސް ކޮމިޝަނަށް އެކަން ވަރަށް ބޮޑަށް ފަހުމުވާނެ ކަމަށް." ޖަމީލް ވިދާޅުވި އެވެ.

ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތައް އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލީ ނިމިދިޔަ ހަފްތާ ގެ ތެރޭގަ އެވެ. މިދިޔަ ހޮނިހިރު ދުވަހު އީސީން ބުނީ، ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ 17 ޖެނުއަރީން ފެށިގެން 01 ފެބްރުއަރީ، ވާ އާދީއްތަ ދުވަހުގެ 15:30 ގެ ނިޔަލަށް ކަމަށެވެ.