ރާއްޖޭގެ ސިޔާސީ މައިދާން ކިލަބުކޮށް މުޑުދާރުކޮށްފައި އޮތް މިންވަރަކީ އިންތިޚާބަށް ކުރިމަތިލައްވާފައި ތިއްބެވި އެތައް ކެންޑިޑޭޓުންނަކަށް ބިރުދެއްކުމާއި އިންޒާރުގެ އެތައް ކަންތައްތަކެއް ކުރުން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. 

ރާއްޖެ އެމްވީ އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ޝާހިދު  ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މައިދާން ކިލަނބުކޮށް މުޑުދާރު ކޮށްފައިވާ ކަމަށާއި އިންތިހާބުތަކަށް ކުރިމަތިލައްވާފައިތިބި ކެނޑިޑޭޓުންނަށް އިންޒާރު ދިނުމާއި ބިރުދެއްކުމުގެ އަމަލުތައް ހިންގަމުންދިއުމަކީ އެކަމުގެ ހެއްކެއް ކަމަށެވެ. ޝާހިދު ވިދާޅުވީ ސަރުކާރު ނިސްބަތްވާ ޕާޓީއަކަށް ޑިމޮކްރަސީ އެނގިވަޑައި ނުގަންނަވާ ކަމަށާއި އެބޭފުޅުންނަށް އެނގިވަޑައިގަންނަވާ ހަމައެކަނި ވެރިކަމަކީ ހުދުމުޚްތާރު ވެރިކަން ކަމަށެވެ.

އަދި އެކަމަށް އެމްޑީޕީއަކުން ފުރުސަތު ނުދޭނެކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ، އެމްޑީޕީ އިން ނުކުމެ މިތިބީ ނިކަން ކެރިގެން މި ސަރުކާރު ބޮޑުތަނުން ބަލިކޮށްލަން ކަމަށެވެ. މި އިންތިޚާބުގައި ރާއްޖޭގެ އެންމެ އުތުރުން ފެށިގެން އެންމެ ދެކުނާ ހަމައަށް ވޯޓު ގުނާ ނިމޭއިރު ރައީސް މުއިޒުގެ މި ހުދުމުޚްތާރު ސަރުކާރުގެ މިދިޔަ ދެ އަހަރާ ބައި ރައްޔިތުން ގަބޫލު ނުކުރާކަން ސާފު ސާދާ ވޯޓަކުން އެނގިގެންދާނެކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. 

ތަރައްޤީގެ އެއްވެސް މަޝްރޫއުއެއް ހިނގަމުން ނުދޭ. އަދި އޭގެ އިތުރުން މިދާކަށް ދުވަހު ކުރެއްވި ދަތުރުފުޅުގައި އެޅުއްވިހާ ބިންގާތަކެއް ގާވެފައި ހުރިތަން. ރައްޔިތުންގެ ޝަކުވާ އަކީ ކޮބައިތޯއޭ ރިޔާސީ އިންތިހާބު ގައި ވެ ވަޑާއިގެންނެވި ދެހާސް އެތައް ވައުދު. 
އަބްދުﷲ ޝާހިދު

މީގެ އިތުރުން ޝާހިދު ވިދާޅުވީ، އޭޕްރިލް މަހުވެ ހަތަރުވަނަ ދުވަހު ވޯޓްލާން ނުކުންނައިރު ރައީސް މުއިއްޒު ފެނޭތޯ އައްސަވާ ކަމަށާއި އެހެން ނަމަވެސް ރާއްޖޭގެ އެއްވެސް ރައްޔިތަކަށް މިއަދު މުއިއްޒު ފެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީގައި މިދިޔަ ދެ އަހަރާ ބައިގެ ތެރޭގައި ކުރެއްވި އެއްވެސް ތަރައްޤީގެ މަސައްކަތެއް ނެތް ކަމަށާއި ހަމަ އެކަނި ކުރައްވާ ކަމަކީ ބިންގާ އެޅުން ކަމަށް ޝާހިދު ވިދާޅުވި އެވެ. 

ޝާހިދު ވިދާޅުވީ ދިވެހި ބަހުގައި ބިންގާ ކިޔަނީ ފަށަން ގަސްތުކުރާ މަޝްރޫއެއް ގާ ކޮށްލަން ނޫން ކަމަށާއި ބިންގާ ކިޔަނީ އޭގެ މައްޗަށް ބިނާކުރަންވެގެން ކަމަށެވެ. އަދި ސަރުކާރަށް އެކަން އޮޅިވަޑައިގެންފައި އޮތްނަމަ، ޅެން މިނިސްޓްރީއިން އެކަން ސާފުކޮށްލުމަށް ޝާހިދު ވަނީ އެދިވަޑާއިގެންފަ އެވެ.