ރަށްރަށުގެ ސިއްހީ ޚިދުމަތްދޭ ތަންތަނާއި ސިއްހީ ވުޒާރާ އާއި އޮންނަ ގުޅުން ކުރިން ކުޑަވުމުން ކަންކަމުގައި ދަތިވާ ކަމަށް މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޡިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. 

ރަށްރަށުގެ ސިއްހީ ޚިދުމަތްދޭ ތަންތަނުގެ  ހިންގުން ސީދާ ސިއްހީ ވުޒާރާގެ ދަށަށް މިހާރު ވަނީ ބަދަލުކޮށްފަ އެވެ. އެ ބަދަލުގެ އިތުރުން ސިއްޙީ ދާއިރާގެ އިދާރީ ހިންގުމަށް ވެސް ވަނީ ބައެއް ބަދަލުތައް ގެނެސްފަ އެވެ.  

ފަހުން ގެނައި ބަދަލުތަކާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން ނާޒިމް ވިދާޅުވީ ބައެއް ރަށްރަށުގެ ހެލްތު ފެސިލިޓީތައް ހަމައެކަނި ސިއްޙީ ވުޒާރާ މެދުވެރިވުމުގެ ބަދަލުގައި ސީދާ މައި ސަރުކާރުގެ އޮފީހާ ގުޅިގެން މަސައްކަތް ކުރެވޭނެ އިންތިޒާމްތައް ޤާއިމުކުރެވިފައިވާ ކަމަށެވެ.

އެބަދަލުތައް ގެނައީ ސިއްހީ ޚިދުމަތް ދޭ ތަންތަނުން ވެސް އެގޮތަށް ސަރުކާރުގައި އެދެމުންދާތީ ކަމަށް ވަޒީރު ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން މި ބަދަލާއި އެކު އަތޮޅުތެރޭގެ ސިއްޙީ ނިޒާމު ހަރުދަނާވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ. ހަމައެހެންމެ މިހާރު އިދާރީ ހިންގުމުގައި ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލެއް ލިބޭނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި އަތޮޅުތަކުގެ ސިއްހީ ނިޒާމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ސިއްހީ ވުޒާރާ އާއި އޮންނަ ގުޅުން ކުޑަވުމުގެ މައްސަލަ އެވެ. ފަހުން ގެނައި ބަދަލުތައް ގެނައީ އެ ކަންކަމާއި މެދު ވިސްނުން ބަހައްޓައިގެން ކަމަށް ނާޒިމް ވަނީ ވިދާޅުވެފަ އެވެ. 

"މި ބަދަލާއެކު، ބަޖެޓު ހޯދުމާއި މުވައްޒަފުން ހޯދުމުގެ ކަންކަން ސީދާ ސިއްޙީ ވުޒާރާގެ ބެލުމުގެ ދަށުން ކުރިއަށް ދާނެ. ހަމައެހެންމެ، ކުޑަ އާބާދީތައް ދިރިއުޅޭ ރަށްރަށުގެ ސިއްހީ މަރުކަޒުތަކުން ސީދާ ވުޒާރާއަށް ހުށަހެޅޭނެ."ވަޒީރު ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވި ގޮތުގައި މި ބަދަލު ގެނެސްފައި ވަނީ ވަރަށް ގިނަ މަޝްވަރާތަކަށް ފަހުގަ އެވެ. އަދި ދިރާސާތަކެއް ކުރުމަށް ފަހު މި ފިޔަވަޅު އެޅިކަމަށް ވަނީ ވިދާޅުވެފަ އެވެ. މި ބަދަލާއި އެކު ހިންގަންޖެހޭ ތަމްރީންތައް ވެސް ހިންގާފައި ވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވަނީ މި ބަދަލީ ރަނގަޅު ބަދަލަކަށް ވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.