ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ފެނޭތޯ
ނެގި ރެފަރެންޑަމް ވޯޓުން ނާކާމިޔާބުވީ ވެރިކަން ކުރާ ޕީއެންސީގެ ކެމްޕޭނު ޓީމާ ހެދިކަމަށް
ދޭހަވާ މޭރުމުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވާހަކަ ދައްކަވައިފިއެވެ.
ރައީސް މުއިއްޒު އެފަދައިން ވާހަކަ ދައްކަވާފައިވަނީ
އއ. ރަސްދޫގައި ކުރިއަށް ދިޔަ ކެމްޕޭނު ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ރެފަރެންޑަމް ވޯޓާ ގުޅިގެން އިދިކޮޅު
ފަރާތްތަކުން ދައްކަމުން ގެންދިޔައީ ދޮގު ވާހަކަތަކެއް ކަމަށާއި، ރައްޔިތުންނާ ހަމައަށް
ފޯރާފައި ވަނީ ހަމައެކަނި އެ ވާހަކަތައް ކަމަށެވެ. އެހެންކަމުން އެކަންކަން
ދިޔައީ އޮޅުންބޮޅުންގަނޑެއްގެ ތެރެއިންކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ޕީއެންސީގެ
ކެމްޕޭނު ޓީމުތަކަށް އެކަންކަން ރަނގަޅަށް ކިޔާދެވިފައި ނެތް ކަމަށެވެ.
އެކި ކަހަލަ ދޮގު ވާހަކަތައް ފެތުރީމާ އެ ވާހަކަތައް އެކަނި ރައްޔިތުންނާ ހަމައަށް ދިޔައީ، އެހެންވީމާ ކޮންފިއުޝަނެއްގައި މިކަން ދިޔައީ، އަޅުގަނޑުމެންނަކަށް ނެތް ކިޔާދެވިފައެއް.ރައީސް ޑރ މުޙައްމަދު މުއިއްޒު
ރައީސް ވިދާޅުވީ، މިއީ ވަރަށް ސާފުކޮށް އޮތް ކަމެއް
ކަމަށާއި، ނަމަވެސް ޕީއެންސީގެ ކެމްޕޭނު ޓީމުތަކަށް އެ މަސައްކަތް ރަނގަޅަށް
ކުރެވިފައި ނެތް ކަމަށެވެ.
ރައްޔިތުންނާ ހަމައަށް ދިޔައީ ހަމައެކަނި އިދިކޮޅުގެ
ވާހަކަތައްކަމަށް ރައީސް ވިދާޅުވިނަމަ ވެސް، ދައުލަތުގެ މީޑިއާއިން ވެސް ގެނެސްދެމުން
ގެންދިޔައީ ހަމައެކަނި ސަރުކާރުގެ ސްޓޭންޑުކަމަށް ފާހަގަކޮށް ގިނަ މައްސަލަތަކެއް އެކި
އިދާރާތަކަށް ހުށަހެޅިފައިވެއެވެ.