އެމްޑީޕީ ޒުވާނުންގެ ހިތްވަރުގެ ނައިބު ރައީސް
އަހުމަދު މައިމޫން މުހައްމަދު ހައްޔަރުކުރުމުގެ ތެރޭގައި އޭނާއަށް ބޮޑެތި އަނިޔާތަކެއް
ދީފި އެވެ.

މައިމޫނު ހައްޔަރުކުރީ ހޮނިހިރު ދުވަހުގެރޭ
އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިންނެވެ. އޭނާ ހައްޔަރުކުރީ ބިޑި
އަޅުވައިގެންނެވެ.

އޭނާ ހައްޔަރު ކުރުމުން އެމްޑީޕީގެ ލީގަލް
ޑިރެކްޓަރ އަހުމަދު މައުރޫފް ވަނީ ހެންވޭރު ޕޮލިސް ސްޓޭޝަނަށް ގޮސް އޭނާއާ
ބައްދަލުކޮށްފަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި މައުމޫނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެ އެވެ.
އެގޮތުން އޭނާ ގެ ބޮލާއި ކޮނޑަށްވެސް އަނިޔާތަކެއްވެފައިވެ އެވެ.

ރާއްޖެއެމްވީއަށް ލިބިފައިވާ ފޮޓޯތަކަށް ބަލާއިރު،
މައިމޫނުގެ ނިތްކުރި ފަޅައިގެންގޮސް ލޭ އައިސްފައިވާ މަންޒަރު ފެންނަން ހުއްޓެވެ.

އެމްޑީޕީން ސިލްސިލާކޮށް ކުރިއަށް ގެންދާ މި
މުޒާހަރާތަކަށް ފުލުހުން ހުރަސް އަޅަމުންދާއިރު، ޙާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރަމުންދާކަމުގެ
ކަންބޮޑުވުންތައް ވަނީ އިތުރުވެފަ އެވެ.

މައިމޫނުގެ އިތުރުން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޅ. ނައިފަރު ދާއިރާގެ މެމްބަރު ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އެމީހުން ދޫކޮށްލުމަށް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފަ އެވެ.