ވޭވަށު
ކައުންސިލު މެމްބަރަކު ހޮވުމަށް ނެގުނު ވޯޓަށް ބަލާއިރު، ވޯޓުލީ މީހާ އަމިއްލައަށް
ޖެހި އިތުރު ފާހަގައެއް އެމްޑީޕީގެ ވޯޓުގެ ތެރެއިން ބާތިލުކުރި 3 ވޯޓު ކަރުދާހުގައިވެސް
ނެތްކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.
މި
މައްސަލައިގައި ހިލާފު އުފެދިފައިވަނީ ބާތިލު ވޯޓު ކަނޑައެޅުމުގައި ކަމަށްވާއިރު،
އީސީން އަލުން ވޯޓު ގުނި މާލަމުގައި އެ ވޯޓުތައް ސައްޙަކަމަށް ކަނޑައަޅާފައިވަނީ
ކިހިނެއްކަން ސާފުކޮށް ކިޔާދީފައިވެ އެވެ. އެގޮތުން ވޯޓު ކަރުދާހުގައި
ފާހަގަވެފައި ހުރީ ކުރެހުމެއް ނޫނެވެ. އެއީ ވޯޓު ކަރުދާސް ޕްރިންޓު ކުރުމުގައި
ދެލި ފޭދިފައިވާ ކަރުދާސްކަމަށްވާތީ އީސީން ވަނީ އެ ކަރުދާސްތައް ސައްޙަކަމަށް
ބަލައިގެންފައެވެ. އެއީ އެމްޑީޕީ ކެންޑިޑޭޓަށް ލިބިފައިވާ 3 ވޯޓުގެ ވޯޓު
ކަރުދާހެކެވެ.
އެހެންނަމަވެސް
ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމެވީ އެމްޑީޕީއަށް
ލިބިފައިވާ 3 ވޯޓު ބާތިލު ކުރުމަށެވެ. އެހެންކަމުން އެމްޑީޕީ ކެންޑިޑޭޓު ކުރި ހޯދާފައިވަނިކޮށް،
ޕީއެންސީ ކެންޑިޑޭޓު މޮޅުވުމަށް މަގުފަހިވެގެންދިޔައީއެވެ. އެހެންވެ އެމްޑީޕީ ކެންޑިޑޭޓުން
މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓަށެވެ.
މި
މައްސަލައިގައި ބުރާސްފަތި ދުވަހު ކުރިއަށް ދިޔަ އަޑުއެހުމުގައި ސުޕްރީމް ކޯޓަށް 4
އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައިވެއެވެ. މި ނުކުތާތައް ހުށަހަޅައިދެއްވީ
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ.
އިސްތިއުނާފީ
ނުކުތާތަކުގެ ތެރޭގައި ހައިކޯޓުގެ ނިންމުން އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނުގެ 56
ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރުގެ ރޫޙާއި ޚިލާފުކަމަށް ބުނެ ހުށަހެޅި
ނުކުތާއެއް ހިމެނެއެވެ. އެ މާއްދާއަކީ ވޯޓު ބާތިލުވާނެ ޙާލަތްތައް ބަޔާންކޮށްފައިވާ
މާއްދާއެވެ.
އިސްތިއުނާފީ
ނުކުތާގައި ޙަވާލާދީފައިވާ މާއްދާފައި ބުނެފައިވަނީ، މި ޤާނޫނުގެ 51 ވަނަ މާއްދާގެ
(ހ) އާ އެއްގޮތްވާ ގޮތުގެމަތިން ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ
ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން، އިތުރު އެހެން
ފާހަގައެއް ޖަހާފައިވާ ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަހާފައިވާ
ވޯޓު ބާތިލުވާނެ ކަމަށެވެ.
ސުއޫދު
ވިދާޅުވީ، އެ ތިކިތަކަކީ ޗާޕްކުރިއިރު އަރާފައިވާ ދެލީގެ ތިކިތަކެއްކަމަށް އިލެކްޝަންސް
ކޮމިޝަނުންވެސް ބުނެފައިވާ ކަމަށާއި، އެކަން ކަރުދާސް ޕްރިންޓުކުރި ނޮވެލްޓީންވެސް
ފާހަގަކޮށްފައިވާ ކަމަށެވެ. އެގޮތުން ނޮވެލްޓީން ފޮނުވި ސިޓީގައި ލިޔެފައިވަނީ"މި ހުރިހާ މަރުޙަލާއެއްގައި ޗެކްކުރިކަމުގައިވިޔަސް، މުޅި ޕްރޮޑަކްޝަން ނިޒާމުގައި
ތިކި ނައްތާލުމަކީ ނާދިރު ކަމެއް ކަމަށާއި، ތިކި ހުރުމުގެ ފުރުސަތު އޮންނާނެ"ކަމަށެވެ.
ސުއޫދު
ވިދާޅުވީ، ވޯޓުލީ މީހާ އަމިއްލައަށް ޖެހި އެއްވެސް އިތުރު ފާހަގައެއް އެ ކަރުދާހުގައި
ނެތް ކަމަށެވެ. އަދި ޤާނޫނުގައި ވޯޓު ބާތިލުވާ ޙާލަތްތަކުގެ ތެރޭގައި އޮންނަނީވެސް
އެމީހާ ޖަހާ ފާހަގަތަކުގެ ވާހަކަ ކަމަށާއި، ކަރުދާސް ޕްރިންޓުކުރާއިރު އަރާ
ތިކިތަކުގެ ވާހަކައެއް ނެތްކަމަށް ސުއޫދު ވިދާޅުވިއެވެ.
ވީއިރު ނޫ
ގަލަމަކުން ވޯޓުލީ ކަރުދާހެއްގައި ކަޅު ތިކިތަކެއް ހުންނާނެ ގޮތެއް ނޯންނާނެކަމަށް
ސުއޫދު ވިދާޅުވިއެވެ. އަދި ވިދާޅުވީ، އެ ކަރުދާސްތައް ހައިކޯޓަށް ގެނެސްގެން
ބެއްލެވިނަމަ އެކަންކަން އިތުރަށް ކަށަވަރުވީސް ކަމަށެވެ.
އިސްތިއުނާފީ
ދެވަނަ ނުކުތާއަކީ ހައިކޯޓުން ދެއްވާފައިވާ ފަރުވާއަކީ މައްސަލަ ހުށަހެޅި
ފަރާތުންވެސް އެދިފައި ނެތް ފަރުވާއެއްކަމަށް ބުނެ ހުށަހަޅާ ނުކުތާއެވެ.
މީގެ އިތުރުން،
މި ޙުކުމުގެ ސަބަބުން ފުޅާ ދާއިރާއެއްގައި ބަލާއިރު، 4 އޭޕްރީލްގައި ލެވުނު ހުރިހާ
ވޯޓަކަށް އަސަރުކުރާނެކަމަށް ޤަބޫލު ކުރެވޭކަން ފާހަގަކޮށްވެސް ނުކުތާއެއް
ހުށަހަޅާފައިވެއެވެ.
ޗާޕުދެލި ހުރި ކޮންމެ، ބުރައިގެން ގޮސް ތިކި ޖެހިފައި ހުރި ކޮންމެ ވޯޓު ކަރުދާސްކޮޅަކީ ބާތިލު ވޯޓު ކަރުދާސްކޮޅެއްކަމަށް ނިންމަންވެއްޖެއްޔާ، އަޅުގަނޑަށް ހީވަނީ ވަރަށް ބޮޑު ބަދަލެއް (މުޅި އިންތިޚާބުގެ ނަތީޖާ) އަށް އަންނާނެހެން، އެއީ ވޯޓުގެ ސައްޙަކަމާމެދު ސުވާލު އުފެދޭތީސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު
ސުއޫދު
ވިދާޅުވީ، ޗާޕު ކުރުމުގައި އަރާ ދެލިތިކީގެ މައްސަލަ އެއްވެސް އިރެއްގައި
މައްސަލައެއްގެ ގޮތުގައި ފާހަގަވެފައި ނެތްކަމަށެވެ. އަދި އެ ކަރުދާސްތައް
ބާތިލުކޮށްފިނަމަ ކުރިއަށް ހުރި އިންތިޚާބުތަކަށްވެސް އެކަމުގެ އަސަރު
ކުރާނެކަމަށް ސުއޫދު ވިދާޅުވިއެވެ.
ހަތަރުވަނަ
ނުކުތާއަކީ ހައިކޯޓުން ޙުކުމް ކުރުމުގައި ވާޤިއާއެއްގެ މައްޗަށް ފަންނީ ހެކިބަހެއް
ދޭ ގޮތަށް ފަނޑިޔާރު ރައުޔެއް ދެއްވާފައިވާކަމަށް ފާހަގަވެފައިވާތީ ހުށަހެޅި
ނުކުތާއެކެވެ.
ސުއޫދު
ވިދާޅުވީ، ވޯޓު ކަރުދާހާ ގުޅޭ ޚަބީރުން ވަކި ގޮތަކަށް ބުނެފައިވަނިކޮށް، ފަންނީ
ހެކިބަހެއް ދޭ ގޮތަށް ހައިކޯޓުގެ ފަނޑިޔާރު އަމިއްލަފުޅު ރައުޔުގެ މައްޗަށް ވާހަކަ
ދައްކަވާފައިވާ ކަމަށެވެ.
ސުޕްރީމް
ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އަބްދުﷲ ޙަމީދު، ފަނޑިޔާރު މުޙައްމަދު
ސަލީމް އަދި ފަނޑިޔާރު ހުސައިން ޝަހީދެވެ.