އައްޑޫ ސިޓީގައި، ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މަސައްކަތްތަކަށް ނެގި ވެހިކަލްތަކަށް ފައިސާ ނުދޭ މައްސަލައިގައި ޒުވާނުން މުޒާހަރާކޮށްފި އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދިން މީހަކު ބުނީ ބުދަ ދުވަހާއި ބުރާސްފަތި ދުވަހުގެ ވަގުތުތަކުގައި ޒުވާނުން ވެހިކަލްތަކާއި އެކު އާރްޑީސީ ކުރިމަތީގައި މުޒާހަރާކޮށްފައިވާ ކަމަށެވެ. މި މުޒާހަރާތައް ކޮށްފައި ވަނީ އާރްޑީސީގެ މަސައްކަތްތަކަށް އުޅަނދުތައް ނެގުމަށް ފަހު އެ އުޅަނދުތަކަށް ދޭން ޖެހޭ ފައިސާ ނުދީ ވާތީ އެވެ.

ޒުވާނުން މުޒާހަރާކުރި އިރު އެ އުޅަނދުތަކުގައި ހައްގު ފައިސާ ދިނުމަށް ގޮވާލާ މެސެޖުތައް ވަނީ ހަރުކޮށްފަ އެވެ. މިއީ އޮޅުވާލުމުގެ އަމަލެއް ކަމަށް އެ ޒުވާނުން ވަނީ ބުނެފަ އެވެ. އާރްޑީސީ އިން އައްޑޫގެ ލިންކްރޯޑް ހެދުމަށް ކަމަށް ބުނެ ދެ ވެހިކަލް އެއް ގެންގޮސްގެން އައްޑޫގެ ރައްޔިތުންނަށް ހުވަފެން ދައްކަމުންދާ ކަމަށް އާއްމުން ވަނީ ބުނެފަ އެވެ.

އާއްމުންނަށް ދޭން ޖެހޭ ފައިސާ ނުދީ ސަރުކާރުން ދަނީ އޮޅުވާލަމުން ކަމަށް ފާޑު ކިޔާ ފަރާތްތަކުން ވަނީ ބުނެފަ އެވެ. އަދި މިއީ އަށް އޮތް ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަގައި ކުރި ހޯދުމަށް މަސައްކަތް ކުރަމުންދާ އިރު ލަދުވެތި ކަމެއް ކަމަށް މިކަމާއި މެދު ފާޑުކިޔަމުންދާ އާއްމުން ވަނީ ބުނެފަ އެވެ.